ރައްޔިތުންގެ މަޖިލިސް

އަތޮޅު ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރަނީ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް 1000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

Ads by MWSC

މަޖިލީހުން މިގޮތަށް ނިންމައިފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ ކޮމިޓީއަށް ދިން އިރުޝާދުގެ މަތިންނެވެ. މިގޮތުން އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަން ޖެހޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ފާސްކުރިއިރު އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބަވާ މެންބަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ރަށު ކައުންސިލްގެ ރައީސަށް ކަނޑައަޅައިފައިވާ މުސާރަ އެކަންޏެވެ.

މިހާރު، އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަކީ އިނާޔާތްތަކާ އެކު 28،000 ރުފިޔާއެވެ. އަދި އަތޮޅު ކައުންސިލްގައި ތިއްބަވާ އެހެން ރަށްތައް ތަމްސީލުކުރާ އެރަށްރަށުގެ ކައުންސިލް ރައީސުންނަށް މުސާރައާ އިނާޔަތްތަކާއިއެކު ދޭން ފާސްކުރީ 20،000 ރުފިޔާއެވެ. މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުން ފާސްވެއްޖެނަމަ 21،000 ރުފިޔާ ނައިބު ރައީސަށް ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!