ސިޔާސީ

އިދިކޮޅު ފަރާތްތަކަށް ހުރަހެއް ނެތި ރައީސް އޮފީހަށް މިއަދު ވަދެވޭ: ވައްޑެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެއްވެސް ހުރަހެއް ނެތި ރައީސް އޮފީހަށް އިދިކޮޅު ފަރާތްތަކަށް ވަދެވުމަކީ ވަރަށް ބޮޑު ހެވެއްކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެވެ.

Ads by MWSC

ވައްޑެ މިހެން ވިދާޅުވީ، މަޖިލީހުގައި އިދިކޮޅު ތަމްސީލް ކުރައްވާ މެންބަރުން ރައީސް އޮފީހަށް ވަޑައިގަތް ޚަބަރު ޓްވިޓަރގައި ހިއްސާ ކުރައްވަމުންނެވެ.

އިދިކޮޅުން ރައީސް އޮފީސް ދޮށަށް ވަޑައިގަންފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވިއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ ރަހީނުކުރި ކަމަށާއި ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއް ވެސް ނޭނގޭކަމަށް ބުނާ އޯޑިއޯގެ މައްސަލައިގައެވެ.

އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ދިއުމާ ގުޅިގެން މިހާރުގެ ރައީސް ، ރައީސް ޞާލިހާއި މަޖިލީހުގެ އޭރުގެ އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތުމަށް ހުރަސް އެޅުއްވި ފޮޓޯއެއް ވައްޑެއް ވަނީ ހިއްސާ ކުރައްވައިފައެވެ. ވައްޑެއް ވިދާޅުވީ އެއްވެސް ހުރަހެއް ނެތި މިއަދު އިދިކޮޅު މެމްބަރުންނަށް ރައީސް އޮފީހަށް ދެވޭކަމީ އޮތް ވަރަށް ބޮޑު ހެވެއް ކަމަށެވެ.

އިދިކޮޅުން ވިދާޅުވީ، ރައީސް އާ ބައްދަލުކުރައްވަން ބޭނުން ވަނީ ރައީސް ޞާލިޙް، ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާކަން އޯޑިއޯތަކުން އެނގޭތީ ރީތި ގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށާއި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ދެންނެވުމަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!