ސިޔާސީ

ދުންޔާ މައުމޫން ވެސް އެމްއެންޕީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް , ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް އެމްއެންޕީއަށް ގުޅިވަޑައިގެންފިއެވެ.

Ads by Hajj Corporation

ކުރީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ދުންޔާ، އެމްއެންޕީއަށް ގުޅިވަޑައިގަންނަވަން ނިންމަވައިފައިވާކަން އެކަމަނާ ވަނީ މިއަދު ޓްވިޓާ މެދުވެރިކޮށް އިއުލާނު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ތިއްބަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ އެމްއެންޕީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

އެމްއެންޕީގައި އިސްވެ ހަރަކާތްތެރިވާ މަޖިލިސް މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ)ގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!