މައުމޫންގެ ދެ ބޭފުޅުންނަށް ވެސް ނާކާމިޔާބީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ދުންޔާ މައުމޫބް ވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ނާކާމިޔާބުވެއްޖެއެވެ.
ދުނިޔާ މައުމޫން ކުރިމަތިލައްވާފައިވަނީ ހުޅުމާލެ ދެނުކު ދާއިރާއަށެވެ. ފާރިސް މައުމޫން ކުރިމަތިލަައްވާފައި ވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މައްޗަންގޯޅި އުތުރުން ކާމިޔާބު ހޯއްދަވާދައިވަނީ ޕީއެންސީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު (ޖަނާ އިއްބެ)އެވެ. ފާރިސްއަށް ލިބިވަޑައިގަތީ ދެވަނައެވެ. އެއީ 430 ވޯޓާއެކު 27.48 އިންސައްތައެވެ.
ހުޅުމާލޭ ދެކުނު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އަޙްމަދު ޝަމްހީދެވެ. ފަސް ބޭފުޅުން ވާދަކުރެއްވި އެ ދާއިރާގައި ދުންޔާ އޮތީ އެންމެ ފުލުގައެވެ. އެއީ 72 ވޯޓާއެކުއެވެ.