ޚަބަރު ރައްޔިތުންގެ މަޖިލިސް

ދުންޔާ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ދުންޔާ ވިދާޅުވީ އެ ދާއިރާގެ ގިން ރައްޔިތުންގެ އެދުމުގެ މަތިން މިނިވަން ކެނޑިޑޭޓެއްގެ ގޮތުން މަޖިލީހުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނެ ކަމަށެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ދުންޔާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ ދުންޔާއާއެކު ދެން ވާދަކުރެއްވި ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބިވަޑައިގެންނެވިއިރު، ދުންޔާ އަށް ލިބިވަޑައިގަތީ 70 ވޯޓެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި އިންތިހާބު ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން މިހާރު ފާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!