ޚަބަރު ލައިފްސްޓައިލް ލުއި ޚަބަރު

ކޮރޯނާ ވައިރަސް ގެ ނުރައްކާ ބުނެދިނުމަށް އިންޑޮނޭޝިޔާގައި ތަފާތު އުކުޅެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން އަދިވެސް ނުރައްކާ ކުޑަވެފަައި ނުވާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް އެކި ގައުމުތަކުން ތަފާތު އުކުޅުތައް ދަނީ ބޭނުން ކުރަމުންނެވެ. މި ވައިރަހުގެ ނުރައްކާތެރިކަން ބުނެދެން ވެސް އެކި ގައުމުތަކުގައި ތަފާތު އުކުޅުތައް ދަނީ ބޭނުން ކުރަމުންނެވެ.

Ads by STELCO

އިންޑޮނޭޝިޔާގައި ކޮވިޑް 19ގެ ނުރައްކާތެރިކަން ރައްޔިތުންނަށް ބުނެދިނުމަށް ތަފާތު ހާއްސަ އުކުޅެއް މިވަނީ ބޭނުން ކުރަންފަށައިފައެވެ. މިގޮތުން ހުދު ކަފުނާ އެކު މަރުވެފައިވާ މައްޔިތުންގެ ސިފަ ޖެހިގެން މަގުތައް މަތީ ދަނީ ހަރަކާތްތަކެއް ހިނގަމުންނެވެ. މިހަރަކާތުގައި ބައިވެރިވަނީ ފުލުހުންގެ އޮފިސަރުންކަމަށްވާއިރު މީހުން ތިބެނީ ފަސްތަނުން ބަނދެފައިވާ ހުދު ކަފުނާއެކުގައެވެ. އަދި މި މީހުން އެގައުމުގެ އެކި ސަހަރަހައްދުތަކުގެ މަގުތައް މަތީ ހަރަކާތްތެރިވަމުން ދާނެއެވެ. މީގެ އިތުރުން މިމީހުން ރައްޔިތުންނަށް ކޮވިޑް-19 ނުރައްކާތެރިކަމާއި މިބަލިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ އިތުރުން ބަލިން ސަލާމަތް ވުމަށް ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ބުނެދޭނެކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އޮފިޝަލުން ހާމަކުރާގޮތުގައި މިހަރަކާތުގެ މަގްސަދަކީ ކޮވިޑް-19ގެ ނުރައްކާތެރިކަން އަދިވެސް ކުޑަނުވާކަން ރައްޔިތުންނަށް ބުނެދިނުމާއި ކޮވިޑް-19އިން ރައްކާތެރިވުމަށް އެގައުމުގަައި އަޅައިފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް ހިތްވަރުދީ ހަނދާން ކޮށްދިނުމެވެ.

މިިހަރަކާތުގައި ބައިވެރިވާ މީހުން ތިބި ހުދު ކަފުނާ އެކު ރަމްޒުކޮށްދެނީ ކޮވިޑް-19 ބަލިޖެހިފައިވާ މީހުންކަމަށާއި އަދި އެމީހުން ބުނެދެނީ ކޮވިޑް-19އިން ރައްކާތެރި ނުވެއްޖެނަމަ ދެން ކަންތައް ވާނެ ގޮތްކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!