އިތުބާރު ހިފޭ، ކޮލިޓީ މޮޅު "ރިޗުއަލްސް" މިހާރު އެމްއޭސީއެލްގެ ދޮވެމިން!

ޒީނަތްތެރިވުމަށް ބޭނުންކުރާ މުޅި ދުނިޔެއަށް ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރިޗުއަލްސް" ބްރޭންޑުގެ ރީތިވާ ސާމާނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިއުޓީފްރީ ޝޮޕް "ދޮވެމި"އަށް ތަޢާރަފްކޮށްފިއެވެ.
"ދޮވެމި"ގައި މިއަދު ހެނދުނު މި ކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި "ރިޗުއަލްސް" ލޯންޗު ކޮށްދެއްވީ އެމްއޭސީއެލްގެ ހެޑް އޮފް އެޗްއާރް ޑިޕާޓްމަންޓް އަހުމަދު އިބްރާހިމްއެވެ.

މި ޙަފްލާގައި ވާހަަކަ ދައްކަވަމުން އެމްއޭސީއެލްގެ ހެޑް އޮފް ޑިޕާޓްމަންޓް އަހުމަދު އަޒީމް ވިދާޅުވީ މިއަދު އެ ކުންފުނިން ލޯންޗް ކޮށްފައި މިވަނީ ވަރަށް އިތުބާރު ހިފޭ ކޮސްމެޓިކްސް ބްރޭންޑެއް ކަމަށެވެ.

"ވަރަށް އިތުބާރު ހިފޭ ކޮސްމެޓިކްސް ބްރޭންޑެއް މިއީ. މި ޕްރޮޑަކްޓް އަޅުގަނޑުމެންނާ ގުޅުމުން ވަރަށް ބައިވަރު ފައިދާތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ. ހަމައެއާ އެކު ކަސްޓަމަރުންނަށް ވަރަށް މުހިންމު ހިދުމަތްތަކެއް މީގެ ސަބަބުން ލިބިގެން ދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން" އަޒީމް ވިދާޅުވިއެވެ.
ޔޫރަޕްގެ ބްރޭންޑެއް ކަމަށްވާ "ރިޗުއަލްސް" ކޮސްމެޓިކްސް ކަލެކްޝަންގައި ހިމެނެނީ ސެންޓާއި، ބޮޑީ ކްރީން، އިސްތަށިގަނޑު ސްޓައިލް ކުރުމުގެ އެކި ޕްރޮޑަކްޓްގެ އިތުރުން ބޮޑީ ސްކްރަބް، މީރުވަސް ދުވާ އުއްބައްތި އަދި ސަން ޕްރޮޓެކްޝަން ކްރީމެވެ.

ދޮވެމިން "ރިޗުއަލްސް"ގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ސޯޝަލް މީޑިއާ އިންފްލުއެންސަރ އައިމިނަތު ޖުމާނާއެވެ.
"ރިޗުއަލްސް" މާކެޓަށް އެންމެ ފުރަތަމަ ލޯންޗްކޮށްފައި ވަނީ 2000 ވަނަ އަހަރުގައެވެ.