އުރީދޫ އާޗާ ޕްރީޕެއިޑް: ކަސްޓަމަރުންނަށް 3 ގުނަ އިތުރު ޑޭޓާ ލިބޭ ޚާއްސަ އޮފަރއެއް!
އުރީދޫ މޯލްޑިވްސްއިން 3ގުނަ އިތުރު ޑޭޓާ އެލަވަންސްއާ އެކު އާޗާ ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއް މިއަދު ތައާރަފްކޮށްފިއެވެ.
މި އޮފަރ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180ޖީބީ އާއި ހަމައަށް ޑޭޓާއާ އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފަރއާ އެކު ވަނީ އިތުރަށް ފުރިހަމަވެފައެވެ.
އާޗާ ޕްރީޕެއިޑް އެލަވަންސުން ލިބޭ ބޯނަސް އެލަވަންސް:
▪︎ އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް
- 150 ރުފިޔާއަށް ލިބޭ މި ޕެކުން 3 ޖީބީ ލިބޭނެއެވެ. އެއީ 1 ޖީބީ އާއި ރެގިއުލާ ބޯނަސް 1 ޖީބީގެ އިތުރުން ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އަށް ވެސް 1 ޖީބީއެވެ. މި ޕްލޭން ބޭނުން ކުރެވޭނީ 7 ދުވަހަށެވެ.
▪︎ އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް
- 500 ރުފިޔާއަށް ލިބޭ މި ޕެކުން 3 ޖީބީ ލިބޭނެއެވެ. 1 ޖީބީއާއި ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ 1 ޖީބީ އަދި ސްޓްރީމިންގް އަށް ވެސް 1 ޖީބީއެވެ. މީގެ އިތުރުން އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބެއެވެ. މި ޕްލޭން ބޭނުން ކުރެވޭނީ 30 ދުވަހަށެވެ.
▪︎ އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް
- 750 ރުފިޔާއަށް ލިބޭ މި ޕެކުން 6 ޖީބީ ލިބޭނެއެވެ. 2 ޖީބީއާއި ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ 2 ޖީބީ އަދި ސްޓްރީމިންގް އަށް ވެސް 2 ޖީބީއެވެ. މީގެ އިތުރުން އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބެއެވެ. މި ޕްލޭން ބޭނުން ކުރެވޭނީ 30 ދުވަހަށެވެ.
މިއަދު މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށް ބަހާލެވިފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.
އާާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
▪︎ އުރީދޫ އެޕް: http://ore.do/app
▪︎ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، "UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
▪︎ 1#*929* އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.