މަންދީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ)އަށް އެމްޑީޕީގެ އޮފީހުގެ ތެރެއިން ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.
މަންދީއަށް ހަމަލާދީ، އޭނާގެ ބޯ ފަޅައިލައިފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރުއެވެ. އޭނާއަށް ހަމަލާދީފައި ވަނީ އުމުރުން 39 އަހަރުގެ އަޙްމަދު ޖަޒީލެވެ.
މިހަމަލާއާ ގުޅިގެން އިއްޔެ ޖަޒީލް "ދެން"އަށް ބުނީ މާރާމާރީ ހިންގުނީ އޭނާއަަށް އެމްޑީޕީ އޮފީސް ތެރޭގައި ކުރަމުން އަންނަ ފުރައްސާރައިގެ ސަބަބުންނާއި އެންމެ ފަހުން އޭނާގެ ދަރިންނަކީ ވެސް އެހެން މީހެއްގެ ދަރިން ކަމަަށް "ޒާތީ ވުމުން" އިތުރަށް ކެތް ނުކުރެވިގެން ކަމަށެވެ.
ޖަޒީލް ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ ހަމަލާދިން މީހާއަށް ޖަލު ހުކުމެއް އަންނަން ބޭނުން ނުވާ ކަމަށް މަންދީ ވަނީ ބުނެފައެވެ. އަދި އެމީހާއަށް ފަރުވާ ބޭނުންވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މަންދީވެސްހެއްޔަރުކުރަންވީހުއްދަނުހުދާފަރުވާދޭތީވެ