ޚަބަރު

އެއް ލައްކަ ރުފިޔާގެ މަހު މުސާރައަށް މަހާޖައްރާފަށް ކެޕްޓަނަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޓީސީސީގެ ބޮޑު ޑްރެޖަރު، މަހާ ޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފިއެވެ.

Ads by Sosun Fihaara

އެމްޓީސީސީން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި މަގާމުގެ މުސާރައަކީ މަހަކު 109،000ރ. ކަމަށެވެ. އަދި މުއްދަތަކީ އެއް އަހަރު ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނުވަވަނަ ދުވަހެވެ. މި މަގާމަށް ދޭން ހަމަޖެހިފައިވާ މުސާރައިގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމްގައި ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ : މާސްޓާ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2))، ޖީއެމްޑީއެސްއެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން، STWC Manila 2010 (އެއަށް ގެނެވިފައިވާ އިސްލާހުތައް ހިމެނޭ ގޮތަށް) ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތައުލީމާއި ތަމްރީން ހާސިލްކޮށްފައިވުން، މަދުވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާތިލުނުވާނެ ސައްހަ މެޑިކަލް ފިޓްނަސް ލިބިފައިވުމާއެކު ރަނގަޅު ފެނުމާއި އަޑުއިވުން ލިބިފައިވުން، އިނގިރޭސި ބަހުން މުއާމަލާތްކުރުމާއި ލިޔެކިޔުމުގެ ގާބިލްކަން ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުން (އަޕްޑޭޓެޑް STCW ބޭސިކް ސޭފްޓީ ޓްރެއިނިން ކޯސް ހިމެނޭ ގޮތަށް) ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުން، ނިޔަމިކަމުގެ ރައްކާތެރިކަމަށްޓަކައި، ECDIS އަށް ފަރިތަވުން، ބްރިޖް ރިސޯސް މެނޭޖްމަންޓާއި، ލީޑާޝީޕް އަދި މެނެޖީރިއަލް ހުނަރުތަކުގެ އިލްމު ލިބިފައިވުން، މަދުވެގެން 2 އަހަރު ދުވަހު މާސްޓާ (އެފްޖީ ޓްރޭޑް) މަގާމް އަދާކޮށްފައިވުން ނުވަތަ މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޗީފް އޮފިސާ މަގާމު އަދާކޮށްފައިވުން ހިމެނެއެވެ.

މި މަގާމަށް ނަގާ މީހަކު މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!