ޚަބަރު ސަރުކާރު

ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ރައީސް ނަޝީދު ދޮގެއް ނުކުރެއްވި!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީ އަބަދުވެސް އިންސާފަށް ވަކާލާތު ކުރާ ކަމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީއިން އެދޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންސާފަށް ވަކާލާތު ކުރުމަކީ އެމްޑީޕީން އަބަދުވެސް ކުރާނެ ކަމެއް ކަމަށެވެ. އަދި ފަނޑިޔާރު ގެތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވާ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތު ތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެފަދަ މައްސަލައެއް އުޅޭ ނަމަ އެކަންތައް ފުލުހުންނާއި ޖުޑީޝަރީން ބައްލަވާނެ ކަމަށެވެ.

"ފަނޑިޔާރު ގެތަކަށް ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ވަނީ ލިބިފައި. ފަނޑިޔާރު ގެޔަކަށް، ސަރުކާރުގެ މަޤާމެއްގައި ހުންނަވާ ބޭފުޅެއް ވެސް ސަރުކާރުގެ ވުޒާރާއެއްގައި ހުންނަވާ ބޭފުޅެއް ވެސް.އެ ބޭފުޅެއްގެ އަމިއްލަ ބޭނުމަކަށް ޓަކައި އުޅޭ އުޅުން އެއީ ގޯހެއް، އެ ފަދަ ކަމެއްވާ ނަމަ ނުވަތަ ތުހުމަތު ކުރެވޭނެ ނަމަ އެކަންކަން ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި ފުލުހުން ބަލާނެ"

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެ މަނިކުފާނު އުއްމީދު ކުރީ މި މަސް ނިމޭއިރު ރާއްޖެ ދިއުންކަމަށެވެ. އަދި ރާއްޖެއަށް އެނބުރި ވަޑައިގަތުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!