ރިޕޯޓް

މުޅި އެމެރިކާ ފިއްކަނޑުވައިލި 9/11: އެ ދުވަހު ކަންތައް ވެގެން ދިޔަ ގޮތް!

އާމިނަތު ސަަޒްރާ

9/11ގެ ހަމަލާއަކީ މުޅި އެމެރިކާގެ ތާރީހު ދުށް އެންމެ ބިރުވެރި ނުރައްކާތެރި ހަމަލާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މުޅި އެމެރިކާއަށް ކުއްލި ސިހުމެއް ގެނުވި މި ނުރައްކާތެރި ހަމަލާ ރޭވި އެމެރިކާގެ ހައި ސެކިއުރިޓީ އިމާރާތްތަކެއް ގޮއްވައިލި ގޮއްވައިލުމަކީ މުޅި ދުނިޔެއަށް ވެސް ސިހުން ގެނުވި ބިރުވެރި ގޮއްވައިލުމެކެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު އަލްގައިދާއަށް ނިސްބަތްވާ 19 ޓެރަރިސްޓުން 4 މަތިންދާ ބޯޓެއް ހައިޖެކްކޮށް ޖާނުން ފިދާވެގެން ހަމަލާ ދޭނެ މީހުންނާ އެކު އެމެރިކާ "ޓާގެޓް"އަކަށް ހެދިއެވެ. ޓެރަރިސްޓުން ހައިޖެކް ކުރި މަތިންދާ ބޯޓު ތަކުގެ ތެރެއިން ދެ ބޯޓެއް ވޮޝިންގްޓަން ޑީސީގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންއިރު ތިންވަނަ ބޯޓު ހަމަލާ ދީފައި ވަނީ ޕެންޓަގަންއަށެވެ. ހަތަރުވަނަ ބޯޓު ވަނީ ޝެންކްސްވިލްގެ ފީލްޑެއްގެ ތެރެއަށް ވެއްޓިފައެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާގައި ތިންހާހެއްހާ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަލާ ދިންއިރު އެމެރިކާގެ ރައީސްއަކަށް ހުންނެވީ ޖޯޖް ޑަބްލިޔު ބުޝްއެވެ.

ފުރަތަމަ ހަމަލާ- ވޯލްޑް ޓްރޭޑް ސެންޓަރގެ އުތުރު ޓަވަރަށް

ސެޕްޓެމްބަރު 11 ގެ ހަމަލާގައި އެންމެ ފުރަތަމަ އަމާޒަކަށްވެގެން ގޮސްފައިވަނީ ވޮޝިންގްޓަން ޑީސީގެ ނިއުޔޯކް ސިޓީގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށެވެ. ހެނދުނު 7:59 ގައި އެމެރިކަން އެއާލައިންގެ ފްލަައިޓް 11، ބޮއިން 767 މަރުކާގެ މަތިންދާ ބޯޓު 92 މީހުންނާއެކު ބޮސްޓަންގެ ލޮގަން އިންޓަރނޭޝަނަލް އެއާ ޕޯޓުން ލޮސް އެންޖަލިސްއަށް ދަތުރުފެށިއެވެ. މިބޯޓު ޓެރަރިސްޓުން ހައިޖެކް ކުރިކަން އެމެރިކަން އެއާލައިނުން އެފްބީއައި އަށް ރިޕޯޓް ކޮށްފައިވަނީ 8:19 ގައެވެ.

މިބޯޓު ހައިޖެކް ކުރުމަށްފަހު ބޯޓުގެ މިސްރާބު ބަދަލުކޮށް ވޯލްްޓް ޓްރޭޑް ސެންޓަރަށް ހަމަލާ ދިނީ އެދުވަހުގެ 8:45 ގައެވެ. މިބޯޓު ގޮސް ވޯލްޑް ޓްރޭޓް ސެންޓަރު ހިންގާ ސްކައިސްކްރެޕަރގެ އުތުރު ޓަވަރު ގައި ޖެއްސިއިރު އެބޯޓުގައި 20،000 ގެލަންސްގެ ޖެޓް ފިއުލް އެބޯޓަށްވަނީ ލޯޑުކޮށްފައެވެ.

110 ފްލޯގެ ޓަވަރުގައި ބޯޓު ޖެއްސުމާއެކު އިމާރާތުގެ 80 ވަނަ ފްލޯއިން މަތީގެ ފްލޯތަކުން ބޮޑު ތަންގަނޑެއް ހަލާކުވެ ބޯޑުގައި ތިބި މީހުންނާއެކު އެތައް ބަޔަކު ވަނީ ވަގުތުން މަރުވެފައެވެ. އަދި މަތީ ފްލޯތަކުގައި ގިނަ ބަޔަކު ތާށިވިއެވެ.

ވޯލްޑް ޓްރޭޑް ސެންޓަރުގެ އުތުރު ޓަވަރަށް ދިން ހަމަލާގައި އެޓަވަރު ވެއްޓިފައިވަނީ އެދުވަހުގެ 10:30ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މުޅި އިމާރާތުންވެސް އެވަގުތު ސަލާމަތް ކުރެވުނީ އެންމެ 6 މީހުންކަމަށާއި ގާތްގަނޑަކަށް 10،000 މީހުން ޒަހަމްވެގެން ފަރުވާ ދޭން ޖެހުނުއިރު އޭގޭ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށްވެސް އޭރުގެ މީޑިޔާ ތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.

ދެވަނަ ހަމަލާ- ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެކުނު ޓަވަރަށް

ފުރަތަމަ ހަމަލާއަށް ފަހު 20 މިނެޓުވެސް ނުވަނީސް ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެކުނު ޓަވަރަށް ދިން ހަމަލާ ވަނީ ގިނަ ކެމެރާތަކަކަށް ރިކޯޑްވެސް ކުރެވިފައެވެ. މިހަމަލާ ދޭން ބޭނުންކުރި ބޯޓު، ޔުނައިޓެޑް އެއާލައިންގެ  ފްލައިޓް 175، ބޮއިން 767 މަރުކާގެ މަތިންދާ ބޯޓު 65 މީހުންނާއެކު ބޮންޓަންއިން  ލޮސްއެންޖެލިސްއަށް ދަތުރު ފަށާފައިވަނީ އެދުވަހުގެ ހެނދުނު 8:14 ގައެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ފުރަތަމަ ހަމަލާއަށް ބަރާބަރު 18 މިނެޓުވީ ތަނާ ދެވަނަ ބޯޓެއްގެ ދެކުނުް ޓަވަރުގައި ޖެއްސި މަންޒަރު ގިނަބަޔަކަށް ފެނިފައިވާއިރު އެބޯޓް ޖައްސާފައިވަނީ އިމާރާތުގެ 60 ވަނަ ފްލޯގައެވެ. ބޯޓުގައި ތިބި ފަސިންޖަރުންނާއެކު އިމާރާތުގެ އެއްފަރާތުން ވަދެގެން ގޮސް އިމާރާތް ދެބުރިވެގެން ދިޔަ މަންޒަރު ފެނި ލޯތައް ދިޔައީ ފެންކަޅިވެގެންނެވެ. ރުއިމާއި ހަޅޭކުގެ އަޑު މުޅި ހިސާބުގަނޑުގައި ގުގުމާލިއެވެ.

ސިހުން ގެނުވި ކުއްލި ހަމަލާއާއެކު ކަމާބެހޭ ފަރާތްތައް އެލާޓަށް އަންނަން ނެގީ މަދު ސިކުންތު ކޮޅެކެވެ. އެޔާއެކު ވޯލްޑް ޓްރޭޑް ސެންޓަރު ހިންގަމުން އައި ދެޓަވަރުގައި ތާށިވެފައި ތިބި މީހުން ހުސްކުރުމަށް މަސައްކަތްފެށިއެވެ. އެމަސައްކަތުން ދެ ޓަވަރުން 10 ހާހާއި 14 ހާހާއި ދެމެދުގެ އަދަދަކަށް މީހުން ނެރެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާގެ ވީޑިޔޯތަކުން ފެންނަގޮތުގައި ބޯޓު ޖެއްސުމުގެ ސަބަބުން ދެކުނު ޓަވަރު ބުރިވެފައިވާއިރު މާ ގިނަ އިރުތަކެއް ނުވެ މަތީ ބުރި ތިރިއަށް ވެއްޓެއެވެ. އަދި މުޅި އިމާރާތް އެކީހެން ސުންނާފަތިވެގެން ދެއެވެ.

ތިންވަނަ ހަމަލާ- ޕެންޓަގަންއަށް

އެމެރިކާގެ ދިފާއީ ވުޒާރާގެ ހެޑް ކުއާޓާކަމުގައިވާ ޕެންޓަގަން އަކީ މުޅި ދުނިޔޭގެވެސް އެންމެ ސެކިޔުރިޓީ ވަރުގަދަ އެއްތަނޭ ބުނެވިދާނެއެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާގައި ޕެންޓަގަންއަށް ހަމަލާ ދިނީ އެދުވަހުގެ ހެނދުނު 8:20 ގައި ޑަލެސް އިންޓަރނޭޝަނަލް އެއާރ ޕޯޓުން 64 މީހުންނާއެކު ލޮސް އެންޖެލިސްއަށް ނައްޓާލި އެމެރިކަން އެއާލައިނުގެ ބޮއިންގް 757 މަރުކާގެ ފްލައިޓް 77 ހައިޖެކްކޮށްގެންނެވެ.

އެބޯޓު ޕެންޓަގަންގައި ޖައްސާފައިވަނީ އެދުވަހުގެ 9:37ގައެވެ. މިހަމަލާގައި ބޯޓުގައި ތިބި 59 މީހުންނާއި އިމާރާތުގައި ތިބި 125 މީހުންވަނީ ވަގުތުން މަރުވެފައެވެ.

ހަތަރުވަނަ ފްލައިޓް- ފްލައިޓް 93

9/11 ހަމަލާގައި ޓެރަރިސްޓުން ހައިޖެކް ހުރި 4 ވަނަ ބޯޓަކީ ކެލިފޯނިއާ ބޮންޑް ޕްލޭން ޔުނައިޓެޑް ފްލައިޓް 93 ހައިޖެކް ކޮށްފައިވަނީ ފްލައިޓް ނައްޓާލިތާ 40 މިނެޓު ފަހުންނެވެ. ފްލައިޓް ނައްޓާލުމުގައި ލަސްތަކެއް ވުމުގެ ސަބަބުން ބޯޓުގައި ތިބި ޕަސެންޖަރުންނަށް ޓެރަރިސްޓް ހަމަލާގެ މައުލޫމާތުވަނީ ލިބިފައެވެ. އެޔާއެކު އެމީހުން އެމީހުންގެ ލޯބިވާ މީހުންނަށް ގުޅައި ވަދާއުގެ މެސެޖުތައްވެސް ފޮނުވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ބެލެވޭގޮތުގައި ބައެއް ޕަސެންޖަރުން ޕްލައިޓް ހައިޖެކް ކުރި ޓެރަރިސްޓުންނާއި ކުރިމަތިލައި ހިނގައިގިޔަ ކަންތައްތަކެއްގެ ތެރޭގައި ޕްލައިވަނީ ޝެންކްސްވިލްގެ ފީލްޑެއްގެ ތެރެއަށް ވެއްޓިފައިވަނީ އެދުވަހުގެ 10:10 ގައެވެ. އެޔާއެކު ވަނީ ބޯޓުގައި ތިބި 44 މީހުން ވަނީ މަރުވެފައެވެ.

ފްލައިޓް 93 މިސްރާބު ޖަހާފައިވަނީ ސީދާ ކޮންމެ ދިމާލަކަށް ކަމެއް ނޭނގުނުކަމަށްވިޔަސް ބައެއް ތިއެރީތައް ބުނާގޮތުގައި އެބޯޓުގެ މިސްރާބު ހުރީ ވައިޓް ހައުސްއަށެވެ.

ހަމަލާގައި މަރުވީ ޖުމްލަ ކިތަން މީހުން؟

ސެޕްޓެމްބަރު 11 ގެ ކުއްލި ހަމަލާގައި ޖުމްލަ 2996 މީހުން ވަނީ މަރުވެފައިކަމަށް އެންމެފަހުން އާއްމުކުރި ރިޕޯޓްގައިވަނީ ބުނެފައެވެ. މީގެ ތެރޭގައި ފްލައިޓްތައް ހައިޖެކް ކުރި 19 ޓެރަރިސްޓުންވެސް ވަނީ މަރުވެފައެވެ. އަދި ހަމައެހެންމެ ޖުމްލަ 78 ގައުމެއްގެ މީހުން ވަނީ މިހަމާލާގައި މަރުވެފައެވެ.

މަރުވި މީހުންގެ ތަފްސީލުތަކަށް ބަލާލާއިރު ވޯލްޑް ޓްރޭޑް ސެންޓަރުން މަރުވި މީހުންގެ ޖުމްލަ 2،763 އަށް އަރައެވެ. މީގެ ތެރޭގައި 343 ފަޔާފައިޓަރުންނާއި ޕެރަމެޑިކުން، ނިއުޔޯކް ޕޮލިސްގެ 23 އޮފިޝަލުން އަދި ޕޯޓް އޮތޯރިޓީގެ ޕޮލިސް އޮފިސަރުންގެ 37 މީހަކު ހިމެނޭއިރު ބައެއް އޮފިސަރުން މަރުވެފައިވަނީ މީހުން ސަލާމަތް ކުރަން އިމާރާތުގެ ތެރެއަށް ވަނުމުން އެތެރޭގައި ތާށިވެގެންނެވެ.

ޕެންޓަގަން އަށް ދިން ހަމަލާގައި ޖުމްލަ 189 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ޕެންޓަގަންއަށް ހަމަލާދިން ބޯޓުގަައި ތިބި މީހުންވެސް ހިމެނެއެވެ. މީގެ އިތުރުން ފްލަައިޓް 93 ގައި މަރުވެއްފައިވާ 44 މީހުންވެސް މަރުވި 2996 ތެރޭގައި ހިމެނެއެވެ.

އަދި މިހާރުވެސް އެމެރިކާގައި ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 11 ފާހަގަކުރަނީ މާޔޫސީއާއި ހިތާމައާއެކުއެވެ. މިގޮތުން ވޯލްޑް ޓްރޭޑް ސެންޓަރުގެ ސައިޓް މެމޯރިއަލް މުބާރާތެއް ބާއްވައި އެދުވަހު މަރުވި މީހުންގެ ހަނދާނުގައި ހާއްސަ މޮނިއުމެންޓެއް ވަނީ ހަދާފައެވެ. އަދި މިމޮނިއުމެންޓްގައި އެދުވަހުގެ ހަމަލާގައި މަރުވި އެންމެންގެ ނަން ލިޔެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!