ޚަބަރު

ޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޑރ ޝަހީމް ޒުވާނުންނަށް ގޮވައިލައްވައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު ނިޢުމަތެއްކަމަށާއި ޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވައިލައްވައިފިއެވެ.

Ads by STELCO

ޑރ ޝަހީމް މި ގޮތަށް ގޮވައިލައްވައިފައި ވަނީ ތ. ގުރައިދޫ އިސްލާމިކް އެސޯސިއޭޝަންގެ ދަޢުވަތަށް އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން މިރޭ އެ ރަށުގައި ބޭއްވި ޚާއްޞަ ދަރުސްގެ ތެރެއިންނެވެ. ޑރ.ޝަހީމް ވިދާޅުވީ ޒުވާނުންނަކީ ކޮންމެ އުންމަތެއްގެ މައިބަދަ ކަމަށާއި ޤައުމު ބިނާކުރުމުގައި ޒުވާނުން ޙިއްސާ އޮންނަން ޖެހޭނެ ކަމަށެވެ.

"ބޭކާރު ގޮތުގައި ވަގުތު ނަގައިނުލައްވާ. މަސްތުވާތަކެތީގެ ވަބާ ފަދަ ކަންކަމުން ޒުވާނުން ދުރުވެ މާޔޫސްވުމުން އެއްކިބާވެ ކީރިތި ރަސޫލާ ދެއްކެވި ސީދާ މަގުވައި ހިފުމަށް އިލްތިމާސްކުރަން." އަދި "ހެޔޮ ގޮތުގައި ޒުވާން ޢުމުރު ހޭދަކުރައްވައި ޙަލާލު ގޮތުގައި މަސައްކަތްކޮށް ޢާއިލާ ބިނާކޮށް މައިންބަފައިންނަށް ހެޔޮކޮށް ހިތައި ބޮޑެތި މީހުންނަށް ކަމޭ ހިތާ ޚުލްޤު ހެޔޮ ބަޔަކަށް ޒުވާނުން ވާންޖެހޭނެ"ކަމުގައި ޑރ ޝަހީމް ވިދާޅުވިއެވެ. 

ތ. އަތޮޅުގެ ބައެއް ރަށްތަކަށް ޑރ ޝަހީމް ކުރައްވަމުން ގެންދަވާ ދަތުރަކީ ގުރައިދޫ އިސްލާމިކް އެސޯސިއޭޝަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ. މިރޭ ތ. ގުރައިދޫގައި ބޭއްވި ދަރުސް އަޑު އެއްސެވުމަށް އެ ރަށުގެ ގިނަބަޔަކު އެއްވިއެވެ.

Ads by HDC
  1. ޖާނޭ

    ތިޔައީ ވަރަށް ބަރަކާތްތެރި ދަތުރުފުޅެއް