އެޑްވަޓޯރިއަލް

ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ ފޯނު ޕްރީ އޯޑަރަށް ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ޒީ ފޯލްޑް3 5ޖީ 10 ސެޕްޓެމްބަރ 2021އިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވައިލައިފިއެވެ.

Ads by MWSC

މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ 3ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އައު ތަޖުރިބާއެއް ކޮށްލެވޭނެއެވެ. ބޮޑު ފޯނު ސްކްރީނަކުން ފެށިގެން ފަތްޖަހައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު އަދި އީޖާދީ ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެއެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަރ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. ދިގުމިނުގައި 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯރޓްކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރ ކުރަށްވާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ މިސްމާޓް ފޯނު ޕްރީ-އޯޑަރ ކުރުމަށް މި ލިންކުން ވަރަށް ފަސޭހަކަމާ އެކު ޕްރީއޯރޑަރ ކޮށްލެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!