ދުނިޔެ

އިސްރާއިލްގެ ޖަލުން ފިލި ފަލަސްތީނުގެ 4 މީހުން އަނެއްކާ ވެސް އިސްރާއީލުންގެ އަތްދަށަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްރާއިލްގެ ހައި ސެކިއުރިޓީ ޖަލަކުން ފިލި ފަލަސްތީންގެ 6 މީހުންގެ ތެރެއިން 4 މީހުން އަތުލައިގަނެފައިވާކަމަށް އިސްރާއީލްގެ ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

އިސްރާއިލްގެ ހައި ސެކިއުރިޓީ ޖަލަކުން ބިން ކޮނެގެން މިދިޔަ ހަފްތާތެރޭގައި ފިލައިފައިވާ ފަލަސްތީނުގެ 6 ރައްޔިތުންގެ ތެރެއިން 2 މީހުން މިއަދު އަނެއްކާ އިސްރާއިލުންގެ އަތްދަށުވެފައި ވަނީ އިސްރާއީލުގެ އަރެބް ވިލެޖްގެ ޓްރަކް ޕާކިން ޒޯނެއްގައި ފިލާ ތިއްބާކަމަށް ރޮއިޓާސްއިން ވަނީ ބުނެފައެވެ. ހަބަރުތައް ބުނާގޮތުގައި ޖަލުން ފިލި އިތުރު 2 މީހުން ވެސް ވަނީ އެހިސާބުން މިއަދު ހައްޔަރުކޮށްފައެވެ.

އިސްރާއިލް ފުލުހުން އާއްމުކޮށްފައިވާ ވީޑިޔޯއެއްގައި ދެމީހަކު ބިޑި އަޅުވައި ކަނު ބަނދެގެން ގެންގޮސްފައިވާތަން ފެނިފައިވެއެވެ.

ޖަލުން ފިލި 6 މީހުންގެ ތެރެއިން މިއަދު ހެނދުނު އަނެއްކާ އަލުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ޒަކަރިއްޔާ ޒުބައިދީ ކަމަށާއި އޭނާއަކީ ފަތަހަ ޖަމާއަތުގެ ކުރީގެ ކޮމާންޑަރެއްކަމަށް ވެސް އިސްރާއިލުން ބުނެއެވެ.

އިސްރާއިލްގެ ހައި ސެކިއުރިޓީ ޖަލަކުން ބިން ކޮނެގެން ފިލައިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އާއިލާ މީހުން ޖަލަށްލުމުގެ މަސައްކަތް އިސްރާއީލުގެ ސިފައިން ވަނީ މިދިޔަ ހަފްތާ ތެރޭގައިކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ޖަލުން ފިލި މީހުންގެ އާއިލާތަކުން އެއްދުވަހު އެކަނި ވެސް ވަނީ މަދުވެގެން 7 މީހުން އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިސްރާއިލް ސިފައިން ވަނީ ޖެނިންގެ ރެފިއުޖީ ކޭމްޕުތަކަށް ގޮސް، ޖަލުން ފިލި މީހުން އެތާނގައި ފިލާ ތިބިކަމަށް ތުހުމަތުކޮށްފައެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!