އަދަދުތައް މިއަދު މައްޗަށް: އިތުރު 138 މީހުން ފައްސި!

ރާއްޖެއިން މިއަދު އިތުރު 138 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 51 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 72 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 15 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 82،822 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 80،545 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ނިޔާވެފައިވެއެވެ.