ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިކަމާ ގުޅިގެން ވިދާޅުވެވީ، ސައުތް ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
މިމައްސަލަ ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއިރު، މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދެއްވައިފައެއް ނުވެއެވެ.