އިންޑިއާ އިން ރާއްޖެއަށް އާ ސަފީރެއް އައްޔަންކޮށްފި

އިންޑިއާއިން ރާއްޖެއަށް އައު ސަފީރަކު މިއަދު އައްޔަންކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅީ މިވަގުތު އޮމާންގައި ހުންނެވި އެ ގައުމުގެ ސަފީރު މުނޫ މަހާވަރުއެވެ.
މުނޫ ވަރަށް އަވަހަށް މަގާމާ ހަވާލުވާނެ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996ވަނަ އަހަރުން ފެށިގެންނެވެ.
މުނޫ މުހާބަރާ އޮމާންގެ ސަފީރުކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.