ލައިފްސްޓައިލް

މިއުޒިކް އަޑު އަހާނަމަ އުފެއްދުންތެރިކަން ދަށްވޭ!

ދެން އެމްވީ ، ދެން އޮންލައިން

ބައެއް މީހުންނަކީ މަސައްކަތެއް ކުރާއިރު، ސިކުނޑިއަށް އަރާމުވާ ކަހަލަ މިއުޒިކެއް ޖަހަން ލޯބިކުރާ ބައެކެވެ. މީގެ ކުރިން ހަދައިފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިއުޒިކަކީ އުފެއްދުންތެރިކަން އިތުރުވާ ކަމެކެވެ.

Ads by MWSC

ނަމަވެސް އައު ދިރާސާއަކުން ދައްކަނީ މީގެ އިދިކޮޅަށެވެ. ސްވިޑްންގެ ގާލްވް ޔުނިވަސިޓީއާއި އިނގިރޭސިވިލާތުގެ ސެންޓްރަލް ލެންކްޝަޔާ ޔުނިވަސިޓީގެ އިތުރުން ލޭންކެސްޓާ ޔުނިވަސިޓީ ގުޅިގެން ހަދައިފައިވާ ދިރާސާގައި ބުނީ މިއުޒިކަކީ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެއް ނޫން ކަަމަށެވެ. އޭގެ ބަދަލުގައި މިއުޒިކެއްގެ ތެރޭގައި މަސައްކަތެއްކުރާ ނަމަ އެ މަސައްކަތް ފުރިހަމަ ކުރަން ހުރަސް އަޅާ ކަމަށް ބުންޏެވެ.

މި ދިރާސާ ހެދުމަށް ތިން ގޮތެއް ބޭނުންކޮށްފައިވެއެވެ. އެއް ގޮތަކީ ހަމަހިމޭން މާހައުލެއްގައި މަސައްކަތް ކުރުމެވެ. އަނެއް ގޮތަކީ ކުރިން އަޑު ނާހާ ކަހަލަ މިއުޒިކެއްގެ ތެރޭގައި މަސައްކަތް ކުރަން ފުރުސަތު ދިނުމެވެ. ތިންވަނަ ގޮތަކީ އާންމުކޮށް އަޑު އަހައި އެ މިއުޒިކަކަށް ފަރިތަ މިއުޒިކެއް ހިމެނޭ މާހައުލެއްގައި މަސައްކަތް ކުރުމެވެ.

މަސައްކަތްކުރާ މީހުންގެ ތެރޭގައި މި ތިން ގޮތް ޓެސްޓްކޮށްލައިގެން ދެއްކި ގޮތުގައި މަސައްކަތް ފުރިހަމަކުރަން ބާރު އެޅީ ހަމަހިމޭންކަމެވެ.

"މިއުޒިކާ އެކު މަސައްކަތް ކުރީމަ ދިރާސާއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މަސައްކަތް ފުރިހަމަ ކުރަން އުނދަގޫވެ، އެކަމަށް ވަގުތު ވެސް ނަގާކަން،" ދިރާސާ ޓީމްގައި ހިމެނޭ ނީލް މެކްލެޗީ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިއުޒިކަކީ "ވާބަލް ވޯކިން މެމޮރީ"އަށް ބުރޫ އަރުވާކަމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއުޒިކަކީ ކުރާ މަސައްކަތަކަށް ދެވޭ ސަމާލުކަން ކުޑަކޮށްލާނެ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!