ޑްރޯނަކުން ދިން ހަމަލާއެއްގައި ކުޑަ ކުދިންނާ އެކު ކާބުލްގެ ރައްޔިތުންތަކެއް ގަތުލުވީތީ އެމެރިކާއިން މާފަށް އެދިއްޖެ
ޑްރޯނެއް މެދުވެރިކޮށް އަފްގާނިސްތާނަށް ދިން ހަމަލާއެއްގައި، ކުޑަ ކުދިިންނާ އެކު އެ ޤައުމުގެ 10 ރައްޔިތަކު ގަތުލުވި ކަމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ.
ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ހެޑް، ޖެނެރަލް ފްރޭންކް މިކްކެންޒީ ބުނީ، އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްއަށް މިދިޔަ މަހު ފަހުކޮޅު، ޑްރޯނެއް މެދުވެރިކޮށް އެމެރިކާއިން ދިން ހަމަލާގައި، 10 ރައްޔިތަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި އެކަމަށް ޓަކައި މާފަށް އެދޭ ކަމަށް ބުނެފައި ވެއެވެ.
ޖެނެރަލް މިކްކެންޒީ ބުނީ މި ހަމަލާގައި މަރުވި މީހުންނަކީ ލާއިންސާނީ ފިކުރުގެ ޖަމާއަތެއް ކަމުގައިވާ އައިއެސްއާ ގުޅުމެއް ހުރި ބައެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެނެރަލް މިކްކެންޒީ މިހެން ބުނި ނަމަވެސް، އެމެރިކާގެ މިލިޓަރީން މީގެ ކުރިން ބުނެފައި ވަނީ އެ މީހުން މަރައިލީ އެ ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށެވެ.
"އެ ހަމަލާ އިތުރަށް ރަނގަޅަށް ތަހުގީގު ކުރުމަށްފަހު ހޯދިހޯދުން ތަކުން މިހާރު ޔަގީން ވެފައި ވަނީ، މި ހަމަލާގައި މަރުވެފައިވާ 10 މީހުންނާ އައިއެސް ޖަމާއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް. އަދި މި މަރުވި ރައްޔިތުންގެ ތެރޭގައި 7 ކުޑަކުދިން ވެސް ހިމެނޭ" މިކްކެންޒީ ބުނެފައިވެއެވެ.
މީގެ އިތުރުން ޖެނެރަލް މިކްކެންޒީ ބުނީ، މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށާއި، އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޯއިޑް އޮސްޓިން ވެސް ވަނީ މި ހަމަލާފައި މަރުވި ރައްޔިތުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފައެވެ. އަދި މި ހަމަލާ ހިނގާފައިވާ ގޮތް އިތުރަށް ބަލައި، ފިޔަވަޅުތައް އިތުރު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެމެރިކާ މީހަކު މަރުވީމަ ބަދަލުގަ 10 މިލިޔަން ޑޮލަރ. ޢެހެން ގައުމެއްނަމަ ތައުޒިޔާ.
ތިކަމުގެ ަދަބު ލިބެންވާނެ ކޮބާ އދ އިންސާނީ ޔަތޭ ކިޔައިގެން އުޅޭ ހިޔުމަން ރައިޓްސް 20 އަހަރު ބަރުހަތިޔާރައް ކިޔަމަން ނުކުރެވުނު ބަޔަކު މައިތިރި ކުރަން ތިކަހަލަ ފިނޑި ހަމަލާ ނުދިނުމައް ލާދީނީ ހައްދުފަހަނަ އެޅި ކާފަރުންގެ ކިބައިން އެދެން
ކާކު ބުނެގެން ހަމަލާ ދިނީ. އެ ގައުމުގެ ރައްޔިތުން ބުނެގެންތަ ހަމަލާ ދިނީ. އެކަމަކު އިންސާނީ ހައްޤު އެނގެނީ އެމީހުންނަށޯ. ކޮބައި އިންސާނީ ހައްޤު. އިސްލާމީ ޝަރީއަތުން ހުކުމްކޮށްގެން މަރުގެ އަދަބު ދިނީމަ އިންސާނީ ހައްޤު ގެއްލެޔޯ. ތިމީހުންނަށް މުސްލިމް އިންސާނުން ފެންނަނީ ކުރަފީގެ ސިފައިގަ. އެހެންވީމަ ޝެލްޓޮކްސް ޖަހާފަ ކުރަފި މަރާހެން އެ މަރަނީ.
އިންސާނުން ވަކިކުރަން ނޭންގޭ ބަޔަކަށް އިންސާނީ ހައްގު ހޯދައިދެވޭނެތޯ.