ޗައިނާގެ ފަތުރުވެރިއަކު މަރުވި އެކްސިޑެންޓު: ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތެއް ނުވި

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޗައިނާގެ ފަތުރުވެރިއަކު އެކްސިޑެންޓެއްގައި މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި 2014 ވަނަ އަހަރު ސެޕްޓެމްބަރ މަހު ރާއްޖެ އައި އެ ފަތުރުވެރިޔާ މާލޭގައި އުޅެނިކޮށް އެކްސިޑެންޓްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ދަނިކޮށް، އެ ސަރަހައްދުން ދުއްވައިފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އޭރު އިނީ ލައިސަންސް ނެތް މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ މއ. ރޯޒްމީޑް، އިބްރާހިމް ހައްފާފު މާލިކު އަބްދުއްރައްޒާގުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ ޗައިނާގެ އެ ފަތުރުވެރިޔާ މަރުވީ ދައުވާ ލިބޭ މީހާ ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހެޅި ވީޑިއޯތައް ސާފު ނޫން ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ބައެއް މީހުން ހެކިބަސް ދޭން ދެކޮޅު ހަދައިފައިވާ ކަމަށް ހުކުމުގައިވެއެވެ.
7 އަހަރު