ސިޔާސީ

ބަރުލަމާނީއަކީ އެމްޑީޕީގެ ގިނަ ބަޔަކު ގެންނަން ބޭނުންވާ ނިޒާމެއް: ޙަސަން ލަތީފް

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްކުރައްވަމުން ގެންދަވަނީ އެއީ އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށްވުމުން ކަމަށް އެ ޕާޓީގެ ޗެއަރ ޕާސަން ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

ބަރުލަމާނީ ނިޒާމު ގެނެސްގެން އެމްޑީޕީ ފުނޑައިލާން ޙަސަން ލަޠީފު މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ރީކޯ މޫސަ މަނިކު ކުރައްވައިފައި ވާތީ "ދެން"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ބަރުލަމާނީއަކީ އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ބޭނުންވެގެން ގެންނަން އުޅޭ ނިޒާމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ޕެޓިޝަން ހުށަހަޅަން ކުރާ މަސައްކަތަކީ އެމްޑީޕީއިން ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް ރައީސް ނަޝީދު އިސްވެ ހުންނަވާ އެ މަސައްކަތް ކުރައްވަނީ އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ފެންނާތީ ކަމަށް ޙަސަން ވިދާޅުވިއެވެ. އަދި އޭނާ ވެސް އެކަމަށް ތާއީދު ކުރައްވާ ކަމަށާއި އެމްޑީޕީގެ ގިނަ ބަޔަކު އެކަމަށް އެދެމުންދާ ކަމަށް ޙަސަން ވިދާޅުވިއެވެ.

"ބަރުލަމާނީ ގެންނަން ޕެޓީޝަން ހުށަހެޅުމަކީ އެމްޑީޕީއިން އެންޑޯސްކޮށްގެން އުޅޭ ކަމެއް ނޫނޭ އަޅުގަނޑު ދެންނެވިން. ނަމަވެސް އެހެން ދަންނަވާއިރު ވެސް އެނގޭ އެމްޑީޕީ ރައީސްކަން މިކަމުގެ އިސްކޮށް ހުންނެވީ. އޭގެ ސަބަބަކީ އެއީ އެމްޑީޕީ ވަރަށް ގިނަ މެމްބަރުން އެދޭ ކަމަކަށް ވުން. ރައީސް ނަޝީދުއަކީ މެމްބަރުން ބޭނުންވާ ކަންކަމަށް އިސްކަން ދެއްވާ ބޭފުޅެއް" ޙަސަން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީއިން މަސައްކަތް ފަަށައިފައި މިވަނީ އެމްޑީޕީގެ ރައީސް ބޮޑު ވަޒީރުކަން ބޭނުންފުޅުވެވަޑައިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ރައީސް ސޯލިހަށް ދެންނެވުމުން ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންނަށް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!