ޚަބަރު

ލީޑަރުންގެ ތެރެއިން ޚިޔާނާތުގެ ފައިސާގައި ނުޖެހެނީ އަޅުގަނޑު އެކަނި: ޖާބިރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ ހަމައެކަނި ލީޑަރަކީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ފިޔަވައި އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހޭ މީހެއް ނެތް ކަމަށެވެ. އަދި ހުރިހާ ލީޑަރުން ތިބީ ޚިޔާނާތްތެރި ވެފައި ކަމަށާއި މިހާތަނަށް ނެރުނު އެއްވެސް ލިސްޓެއްގައި އޭނާގެ ނަން ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ.

“އަޅުގަނޑު ނޫނީ ނެތް އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހޭ މީހެއް. ހުރިހާ ލީޑަރުން ތިބީ ޚިޔާނާތްވެފަ. ލީޑަރަކަށް އެފައިސާގައި ނުޖެހެނީ އަޅުގަނޑު އެކަނި” ޖާބިރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި 218 ފަރާތެއް ބައިވެރިވެފައި ވާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މޭ 12، 2021 ވަނަ ދުވަހު އާންމުކުރި ހިޔާނާތުގެ ލިސްޓުގައި ވެއެވެ. އެ ލިސްޓު އާންމު ކުރުމުން ލިސްޓުގައި ނަން ހިމެނޭ ގިނަ ބަޔަކު ވަނީ ލިސްޓަށް ފާޑު ކިޔައިފައެވެ. މިގޮތުން ލިސްޓުގެ އަސްލު ގެއްލުވައިލީ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގައިފައި އޮތް އެންމެ ބޮޑު އެއް ހިޔާނާތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!