ޚަބަރު

ދިވެހި ޕައިލެޓުން ވަރަށް އަވަހަށް ހެލިކޮޕްޓަރު އަދި ޑޯނިޔާ ދުއްވަން ފަށާނެ: އެމްއެންޑީއެފް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިޔާއިން ތަމްރީންތައް ފުރިހަމަކުރި ޕައިލެޓުން ވަރަށް އަވަހަށް އިންޑިއާއިން ހަދިޔާކޮށްފައިވާ، އަދި މިހާރު އެ ޤައުމުގެ އަސްކަރިއްޔާއިން އޮޕަރޭޓް ކުރަމުން އަންނަ މަތިންދާ ބޯޓު ދުއްވަން ފަށާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، އިންޑިއާއިން މިހާރު އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީން ކުރައްވައިފައި ކަމަށާއި މިހާރު ކުރަމުންދަނީ އިދާރީ ކަންކަމާއި ތައްޔާރީތައް ކަމަށެވެ. ނަމަވެސް ޓްރެއިންވީ ކިތައް ޕައިލެޓުން ކަމާއި މިކަމުގެ ސަބަބުން އިންޑިއާއިން ރާއްޖޭގައި ބޭސްވެފައި ތިބޭ ތިބުމަށް ނިމުމެއް އަންނާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވައެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާއާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ކަމަށް ބުނެ ހަނިމާދޫގައްޔާއި ކައްދޫގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ މީހުން ތިބެއެވެ. މިކަމާ ގުޅިގެން އިދިކޮޅުގެ ފާޑު ކިޔުން ސަރުކާރަށް ވަރަށް ގިނައިން އަމާޒު ވެފައިވެއެވެ. އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭތީ މީސްމީޑިއާގައި އިންޑިއާ އައުޓްގެ ނަމުގައި ވަރުގަދަ ކެންޕެއިނެއް ވެސް ކުރަމުން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!