ދުނިޔެ

ކޮވިޑް-19އިން ރަނގަޅުވެ، ގިނަ ދުވަސްވުމަށްފަހު ވެސް އުދަނގޫތަކެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން 37 އިންސައްތަ މީހުން ބަލިން ރަނގަޅުވުމަށްފަހުގައި ވެސް ބަލީގެ ސަބަބުން އުދަގޫތަކެއްވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

އޮކްސްފޯޑް ޔުނިވަރސިޓީއާއި ނޭޝަނަލް އިންސްޓިޓިއުޓް ފޯރ ހެލްތް ރިސާޗްއާ ގުޅިގެން ހެދި ދިރާސާއެއްގައި ބުނެފައި ވަނީ ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން 37 އިންސައްތަ މީހުންނަށް ތިން މަހާއި ހަ މަސްފަހުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އެންމެ ގިނަ ބަޔަކަށް ކުރިމަތިވަނީ ނޭވާހިއްލުމުގެ މައްސަލަތައް ކަަމަށާއި މީގެ އިތުރުން ހާސްވުމާއި ބޯ އެނބުރުމާއި ހޭނެތުން ފަދަ ކަންކަން ކުރިމަތިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

270،000 މީހުންނާ އެކު ކުރިޔަށް ގެންދިޔަ މި ދިރާސާގައި ބުނެފައި ވަނީ ކޮވިޑް-19އިން ރަނގަޅުވުމަށް ފަހުގައި މިފަދަ އުނދަގޫތައް ކުރިމަތިވަނީ ކޮވިޑް-19ގައި ބޮޑުވަރުވި ފަރާތްތަކަށް ކަމަށެވެ. މިގޮތުން ބަލި ޖެހިގެން އެޑްމިޓް ކުރެވުނު ފަރާތްތަކަށް ބަލިން ރަނގަޅުވެ ގިނަ ދުވަސްތައް ވުމުން އަލާމާތްތައް ފެންނަ ކަމަށް ބުނެފައިވެއެވެ.

މިދިރާސާގައި ދުރުރާސްތާގެ ބައެއް އަލާމާތްތައް ބަޔާންކޮށްފައި ވިޔަސް އުނދަގޫތައް ދިމާވަނީ ކިހާ ދުވަހެއް ވަންދެން ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

ދިރާސާގައި އިތުރަށް ބުނެފައި ވަނީ ނޭވާ ލުމުގައި ދަތިތަކެއް ދިމާވަނީ އުމުރުން ދުވަސްވެފައިވާ މީހުންނަށް ކަމަށާއި ފިރިހެނުންގެ ތެރޭގައި މިކަން އާއްމު ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންހެނުންނާއި ޒުވާނުންގެ ތެރޭގައި ބުރަކައްޓަށް ތަދުވުމާއި ބޮލުގައި ރިއްސުމާއި ނަފްސާނީ މައްސަލަތައް ދިމާވާކަމަށް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!