ލައިފްސްޓައިލް ލުއި ޚަބަރު

އިންނަން އަހަން އުދުއްސާލި މަތިންދާބޯޓު ވެއްޓިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކްރޭޝްވި މަތިންދާ ބޯޓަކީ ޖާގައިގެ ގޮތުން ކުޑަ މަތިންދާ ބޯޓެއް

ލޯބިވެރިޔާ ކައިރީ ކައިވެނިކުރަން އަހަން "ވިލް ޔޫ މެރީ މީ" ޖަހައިފައިވާ ބެނާއެއް ހަރުކޮށްގެން އުދުހުނު މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

Ads by STELCO

ކެނެޑާގެ މޮންޓީލް ސިޓީގައި މަތިންދާ ބޯޓު ވެއްޓި އެއް ޕެސެންޖަރަކު މަރުވެފައިވާއިރު ޕައިލެޓަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. 1962 ކެސްނާ 172 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނު ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު، މޮންޓީލް ސިޓީގެ ޕާކް ޑިއެޕްގައި މިއުޒިކް ފެސްޓިވަލްއެއް ވެސް ކުރިއަށް ދަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ވެއްޓުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޖީނުގައި ވަނީ އަލިފާން ރޯވެފައެވެ. އެމަޖެންސީ ހިދުމަތުން ވަގުތުން އެތަނަށް ގޮސް އަލިފާން ނިއްވިއިރު ފުލުހުން ވެސް ވަނީ އެސަރަހައްދަށް ގޮސްފައެވެ.

މަތިންދާ ބޯޓު ދަތުރުކުރީ އެސްޓީ މެތިއު ޑި ލެޕްރައަރ އެއާޕޯޓުން ހަވީރު 5:46 ހާއިރުއެވެ. ދަތުރު ފެށިތާ ކުޑަ ވަގުތުކޮޅެއް ފަހުން ބައެއް މީހުންނަށް "ވިލް ޔޫ މެރީ މީ" ޖަހާފައިވާ ބެނާ ފެނުނެވެ. މިހާދިސާގައި އެއް ޕެސެންޖަރަކު މަރުވިއިރު، އެޕެސެންޖަރަކީ ކައިވެންޏަށް އެދުނު މީހާކަމެއް މުޅިން ސާފެއް ނުވެއެވެ.

ބޭރުން ދަމައިފައިވާ އެ ބެނާ އަދިވެސް ނުފެންނަކަމަށް ކެނެޑާ ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތުދެމުން ފުލުހުން ބުނީ ބެލެވޭ ގޮތުގައި މަތިންދާބޯޓު ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެކަން މުޅިން ކަށަވަރުވާނީ ޕައިލެޓު ހޭއެރުމުން ކަމަށް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!