ފުޓްބޯޅަ

ސާފް ޗެމްޕިއަންޝިޕް: ބަނގްލަދޭޝް-ރާއްޖެ މެޗުގެ ޓިކެޓު ވިކި ހުސްވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސާފް ޗެމްޕިއަންޝިޕް ޓިކެޓު/ ފޮޓޯ: މިހާރު

ސާފް ޗެމްޕިއަންޝިޕްގައި، މިމަހުގެ 7ވާ ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް، އެންމެ ހަ ގަޑިއިރު ތެރޭ ވިއްކި ހުސްވެއްޖެއެވެ.

Ads by MWSC

ކޮންމެ މެޗަކަށް ގަލޮޅު ދަނޑުން ޖުމްލަ 5،000 ޓިކެޓު ވިއްކަން މިފަހަރު ހަމަޖެހިފައިވާ އިރު، ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 350 ޓިކެޓެވެ. އެއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތް އިންސައްތައެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުތަކުގެ ޓިކެޓު ވިއްކަން ފަށައިފައި ވަނީ މިއަދު ހެނދުނު 10:00 ގައެވެ. ނަމަވެސް މެންދުރާ ހަމައަށް އައި އިރު، ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 350 ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.

ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓުތައް ހުސްވުމުން، އެ ޓީމުގެ ބައެއް ސަޕޯޓަރުން މިއަދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ދަނޑު ކައިރީގައި ހަޅުތާލު ހަދައިފައެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައްލުވިއެވެ.

އެނގިފައިވާ ގޮތުގައި ބަނގްލަދޭޝްގެ ސަޕޯޓަރުން ދަނޑަށް ވައްދާނީ ވެސް އަވޭ ޓީމަށް ކަނޑައެޅިފައިވާ ޒޯނުގެ ގޭޓުންނެވެ. އަދި ދަނޑަށް ވައްދާނީ ގޭޓް ސެކިއުރިޓީން އެމީހުންގެ އައިޑީ ޗެކް ކުރުމަށް ފަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!