ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓު ހިނގައިފައި ވަނީ އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ވޯކްވޭ ފެންސުގައި ޖެހި، ފެންސު ފަޅައިފައި ގޮސް ވޯކްވޭ މައްޗަށް އަރައިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން ފިރިހެނުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް އެއާޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގެ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.