އެޑްވަޓޯރިއަލް

އުރީދޫ ފްލިކްސް ޕެކޭޖް ނަންގަވައިގެން މީޑިއާނެޓް އެޕުން ސާފް ޗެމްޕިއަންޝިޕް މެޗުތައް ބަލައިލުމަށް ހިލޭ ސަބްސްކްރިޕްޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ މެޗްތައް ފަސޭހަކަމާ އެކު ކޮންމެތާކުން ވެސް ބަލައިލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޭބަލް ޓެލެވިޝަން ޚިދުމަތްދޭ ކުންފުނިކަމުގައިވާ މީޑިއާނެޓްއާ ޕާރޓްނަރވެއްޖެއެވެ.

Ads by Sosun Fihaara

މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދު ވަނީ އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމް.އެސް.އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާ އެކު ހިމަނައިފައެވެ. މި ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަންގެ އިތުރުން މެޗުތައް ބަލާލުމަށް 20ޖީބީ ޑޭޓާވެސް ލިބިގެންދާނެއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް އެމް އެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000، އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓޕެއިޑް 1499 އަދި 1999 ޕެކޭޖްގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް އަލަށް ނަންގަވާ ކަސްޓަމަރުންނަށް، އެމް އެސް އެޕް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބިގެންދާނެއެވެ.

"ސާފް ޗެމްޕިއަންޝިޕްއަކީ އަބަދުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް. އެންމެން އެކު އެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯރޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދު. އެހެންކަމުން މުބާރަތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށް ވެސް މެޗްތައް ލައިވްކޮށް ކޮންމެތާކު ތިއްބަވައިގެން ވެސް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓްގެ އެމް.އެސް.އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަންއާ އެކު ހުރިހާ މެޗެއް ވެސް ކޮންމެތާކު ތިއްބަވައިގެން ވެސް ބައްލަވާލެވޭނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

"މީޑިއާނެޓް އިން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބަލާލުމުގެ މަގުފަހިކޮށްދިނުމަށް. އެގޮތުން އުރީދޫ މޯލްޑިވްސްގެ މި ޕަރޓްނަރޝިޕް ގެ ދަށުން ގިން ފަރާތްތަކަކަށް މީޑިއާނެޓް މެދުވެރިކޮށް ބައްލަވައިލެވޭ ހުރިހާ ޓީވީ ޗެނަލްތަކަކާއި ފަހުގެ ފިލްމްތަކާއި ސީރީޒްތައް އެމް އެސް އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މިހާރު ބަލާލެވޭނެ. ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އީޕީއެލް އަދި ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެ. މީގެ އިތުރުން ހަމައެކަނި އެމްއެސް އެޕް މެދުވެރިކޮށް ބަލާލެވޭ މީޑިއާނެޓް ގެ އުފެއްދުންތައް ވެސް ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް ބަލައިލެވޭނެ." މީޑިއާނެޓްގެ ހެޑް އޮފް މަލްޓި ސްކްރީން، ތާއިމް އަބަދުއްލާ ރަޝީދު ވިދާޅުވިއެވެ.

މަލްޓި ސްކްރީން އެޕަކީ ޚަބަރާއި މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށް ވެސް ބަލައިލެވޭ ޕްލެޓްފޯމެކެވެ.

އާއިލާއާއި ރައްޓެހިންނާ އެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިން ވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލައިލެވޭނެއެވެ.

އުރީދޫ ފްލިކްސް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް ހޯދައިލުމަށް http://ore.do/app އަށް ޒިޔާރަތްކޮށްލައްވާށެވެ. އަދި އިތުރު މައުލޫމާތު ހޯދައިލުމަށް http://ore.do/saffއަށް ޒިޔާރަތްކޮށްލައްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!