އެޑްވަޓޯރިއަލް

އުރީދޫ ސާފް ޗެމްޕިއަންޝިޕް: ޤައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން "ހަބޭސް"ގެ ޚާއްސަ ހުށަހެޅުންތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފޯރިއާ އެކު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި، މިރޭ ރާއްޖެ ކުޅޭ މެޗަށް ޤައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން، ހަބޭސް ބޮޑުބެރު ގްރޫޕުން މިއަދު މާލޭ މަގުމަތީގައި ޚާއްސަ ހުށަހެޅުންތަކެއް ދީފިއެވެ.

Ads by STELCO

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރ އުރީދޫގެ އެމްބެސްޑަރުން ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕުން މިއަދު ހަވީރު މާލޭގައި ވަނީ ލޮރީ ބުރެއް ބާއްވައިފައެވެ.

އެ ލޮރީ ބުރުގެ ތެރެއިން ހަބޭސްއިން ވަނީ މާލޭގެ މަގުތަކުގެ އެކި ކަންކޮޅުތަކުގައި މަޑުކޮށް، ޚާއްސަ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެ ބައްދަލު ކުރާނީ އަވައްޓެރި ބަންގްލަދޭޝްގެ ޤައުމީ ޓީމާއެވެ.

މި މުބާރާތުގައި ނޭޕާލާއެކު ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 0-1ގެ ތަފާތަކުން ނޭޕާލް މޮޅުވި ކަމުގައި ވިޔަސް، މިރޭގެ މެޗަށް ކުރާ އުންމީދު ބޮޑުކަމަށް ޤައުމީ ޓީމުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!