އެމެރިކާ ދުނިޔެ

އެމެރިކާގެ ސަބްމެރިންއެއްގައި "ގޮތް ނޭނގޭ އެއްޗެއް" ޖެހި ބައެއް މީހުން ޒަހަމްވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަބްމެރިންއެއްގައި "ގޮތް ނޭނގޭ އެއްޗެއް" ޖެހި ބައެއް އޮފިޝަލުން ޒަހަމް ވެއްޖެއެވެ.

Ads by Sosun Fihaara

ޔޫއެސްގެ ނިއުކުލިއަރ ސަބްމެރިންއެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް އެ ސަބްމެރިންގައި ޖެހިފައި ވަނީ ކޮން އެއްޗެއް ކަމެއް އެނގިފައި ނުވާ ކަމަށް ޔޫއެސް ނޭވީން ބުނެއެވެ. "ގޮތް ނޭނގޭ އެއްޗެއް" ޖެހުމުގެ ސަބަބުން ބައެއް އޮފިޝަލުން ޒަހަމް ވެފައިވީ ނަމަވެސް އެއްވެސް އޮފިޝަލަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މިހާދިސާ ހިނގައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުކަމަށް ޔޫއެސް ނޭވީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މިހާދިސާގައި ސަބްމެރިންއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.

"ޔޫއެސްއެސް ކަނެކްޓިކަޓްގެ ނިއުކުލިއަރ ޕްލާންޓްއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ. އަދި ރައްކާތެރިކަމާއެކު ފުރިހަމައަށް މަސައްކަތް ވެސް ކުރޭ" ޔޫއެސް ނޭވީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާދިސާގައި އަނިޔާވެފައި ވަނީ ކިތަށް އޮފިޝަލުންނަށް ކަމެއް ޔޫއެސް ނޭވީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ސަބްމެރިން މިހާރު ގުއާމްއަށް މިސްރާބު ޖަހައިފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ޔޫއެއްއެސް ކަނެކްޓިކަޓްއަކީ ސީ ވުލްފް ކްލާސްގެ ފާސްޓް އެޓޭކް ސަބްމެރީނެކެވެ. މިސަބްމެރިންގައި 140 ފަޅުވެރިން ތިބެއެވެ. މިސަބްމެރިންއަކީ ވަރަށް ބާރަށް ދުވާ ހަނގުރާމަ މަތީ ސަބްމެރީނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!