ދުނިޔެ ޔޫރަޕް

ލަ ޕަލްމާގެ އަލިފާން ފަރުބަދަ: ދިޔާ އަލިފާން އަދިވެސް ދަނީ ފެތުރެމުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ގޮވަން ފަށައިފައިވާ ލަ ޕަލްމާގެ އަލިފާން ފަަރުބަދައިން ފައިބަމުން އަންނަ ދިޔާ އަލިފާން ގަނޑު އަދިވެސް ދަނީ ފެތުރެމުން ކަމަށާއި މި އަލިފާން ގަނޑުގެ ސަބަބުން މިހާރު 800އަށް ވުރެ ގިނަ ގެ އަނދާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

އަލިފާން ފަރުބަދައިން ފައިބަމުންދާ ދިޔާ އަލިފާން ކަނޑުގެ ބޮޑު ސަރައްދަކަށް ފެތުރިފައިވާއިރު މި އަލިފާނުގެ ސަބަބުން މިހާތަނަށް 6000އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ސްޕޭންގެ ކަމާބެހޭ އޮފިޝަލުން ބުނެއެވެ.

ފެތުރެމުންދާ އަލިފާންގަނޑުގެ ދަށުވެ އެތައް ސަތޭކަ ގެއަކާއި، ވިޔަފާރިތަކާއި ދަނޑުބިންތައް ވެސް ވަނީ އަނދައި އަޅިއަށް ވެފައެވެ. އަދިވެސް ބޮޑަށް އަލިފާންގަނޑު ފެތުރެމުން ދާއިރު މި އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ދިޔާ އަލިފާނުގެ ސަބަބުން 370 އޭކަރުގެ ދަނޑުބިންތައް ހަލާކުވެފައި ވެއެވެ. ލަ ޕަލްމާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ކަމުގައިވާ ފަތްކެޔޮގެ ދަނޑުތަކެއް ވެސް ހަލާކުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދިފައިވާ ބޯ ދުންގަނޑުގެ ސަބަބުން އެސަރަހައްދުގެ ވައި ނުސާފުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ލަ ޕަލްމާގެ އެއާޕޯޓް ވެސް ވަނީ ބަންދުކޮށް ވައިގެ ދަތުރުފަތުރު މެދުކަނޑައިލައިފައެވެ،

ސްޕޭންގެ ކެނެރީ އައިލެންޑްގެ އަވަށެއްކަމުގައިވާ ލަ ޕަލްމާއަކީ 83 ހާސް މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ.

Ads by HDC
  1. ޝަމީލު

    ޢަސްތަޣްފިރުﷲ..