132,000 ޑޮލަރަށް މިހާރު ޖައްވަށް ދެވޭ!

ދުނިޔެއިން ބޭރަށް ގޮސްލުމަކީ ގިނަ ބަޔަކު ދެކެމުން އަންނަ ހުވަފެނެއް ކަން ގައިމެވެ. މިކަމަށް ހަގީގަތެއް ގެނައުމަށް ދުނިޔޭގެ އެކި ސްޕޭސް ކުންފުނިތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 132،000 ޑޮލަރަށް ޖައްވުގެ ފަށަލައަށް ދަތުރު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ސްޕެއިންގެ ކުންފުންނަކުން ބުނީ 132،000 ޑޮލަރަށް ޖައްވަށް ދެވިދާނެ ކަމަށާއި މި ދަތުރަށް ނަގާނެ ވަގުތެއް ކަމަށް ލަފާކުރެވެނީ 6 ގަޑިއިރު ކަމަށެވެ. އެއީ ޖައްވަށް ދިއުމަށް 3 ގަޑިއިރު ކަމަށާއި، ޖައްވުގައި ހޭދަ ކޮށްލުމަށް 1 ގަޑިއިރުގެ އިތުރުން އަނބުރާ ދުނިޔެއަށް އައުމަށް ނަގާ ވަގުތު ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން މި މަގު ފަހި ކުރެވޭތޯ 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ ކަމަށާއި، ދެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ޖައްވަށް ދަތުރު ކުރުމަށް ޓިކެޓު ވިއްކަން ފަށާނެ ކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެން ކުންފުނިތަކުން 250،000 ޑޮލަރަށް ޓިކެޓު ވިއްކުމަށް މަސައްކަތް ކުރާއިރު މި ކުންފުނިން ބުނީ އެމީހުން ޓިކެޓު ވިއްކާނީ 132،000 ޑޮލަރަށް ކަމަށެވެ. އަދި މިއީ ޖައްވަށް ދިއުމަށް އެންމެ އަގު ހެޔޮކޮށް ޓިކެޓު ވިއްކާ ކުންފުނި ކަމުގައި ވެސް އެމީހުން ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތް ކާމިޔާބު ކަމާއެކު ހިނގަން ފަށައިފި ނަމަ މިއީ އިންގިލާބެއް ގެނެވޭނެ ފަދަ މަސައްކަތެއް ކަމަށާއި، މިހާތަނަށް އެމީހުންނަށް ކުރެވުނު އެންމެ ކާމިޔާބު މަސައްކަތް ކަމުގައި ވެގެން ދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.
ޖައްވަށ ދިއުމަށްވުރ ޙައްޖަށ ދިއުނ މ ރަނގަޅ.
ހައްޖައްވެސް ދާންވީ. ޖައްވައްވެސް ދާންވީ. ކަނޑުގެ އަޑިޔައްވެސް ދާންވީ. އެކަމަކު ބިމުގެ އަޑިޔައް ދިޔުމަށްފަހު ދެން ނޭރޭނެކަން ހަނދާން ކުރަންވީ.