ދުނިޔެ

ކަރަންޓީން ނުވެ މީހުންނަށް ކޮވިޑް-19 ޖެއްސި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވީޑް-19 އަލާމާތްތައް ފެނުނު ނަމަވެސް، ކަރަންޓީން ނުވެ، އިތުރު 22 މީހުންނަށް ކޮވިޑް-19 "ޖެއްސި" ކަމުގެ ތުހުމަތުގައި ސްޕެއިނުން މީހެއް ހައްޔަރު ކޮށްފިއެވެ.

Ads by WAMCO

40 އަހަރުގެ މި މީހާ ހައްޔަރުކޮށްފައި ވަނީ ކޮވިޑް-19ގެ އަލާމާތްތަކުގެ ތެރެއިން ގަދައަށް ހުން އައުމާއި ކެއްސާ ހެދި ނަމަވެސް، އަމިއްލަ އަށް ކަރަންޓީން ނުވެ، ކޮވިޑް-19 ޖައްސާނެ ކަމަށް ބުނެ އޭނާ މަސައްކަތް ކުރަމުން އަންނަ ޖިމްގެ ބައެއް މީހުންނާ ދިމާޔަށް ކެއްސުމާ ގުޅިގެންނެވެ.

ސްޕެއިންގެ ފުލުހުން ބުނެފައި ވަނީ މިމީހާގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަމުން އަންނަތާ ދެތިން ދުވަސްވީއިރު ވެސް ޓެސްޓް ހަދަން ދެކޮޅު ހެދި ކަަމަށާއި އަދި ޓެސްޓް ހެދުމަށް އެދުނު މީހުންގެ ގަޔަށް ކެއްސާ ހަދައިފައިވާ ކަމަށެވެ.

ސްޕެއިންގެ މަނަކޯގެ ޖިމެއްގައި މަސައްކަތް ކުރަމުން އަންނަ މި މީހާ ކޮވިޑް-19 ޓެސްޓް ހަދައިފައި ވަނީ ޓެސްޓް ނުހަދައިފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އަދި ޓެސްޓް ހެދުމަށް ފަހު ވެސް ގޭގައި މަޑުނުކޮށް މި މީހާ ވަނީ މަސައްކަތު ނުކުމެފައެވެ. އަދި ކޮވިޑް-19 ޖައްސާނެ ކަމަށް ބުނެ މީހުންނާ ދިމާއަށް މީނާ ވަނީ ކެއްސާފައެވެ.

40 އަހަރުގެ މިމީހާއަށް ކޮވިޑް-19 ފައްސިވިކަން އެނގުނު ހިސާބުން އެ ޖިމްގައި މަސައްކަތް ކުރާ މީހުން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ސަބަބުން އިތުރު 22 މީހުންނަށް ކޮވިޑް-19 ޖެހުމުގެ ސަބަބުންނެވެ. ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި އެކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން، އޭނާގެ 1 އަހަރުގެ ދަރިފުޅާއި އާއިލާގެ މީހުން ވެސް ހިމެނެއެވެ. ސްޕެއިންގެ ފުލުހުން ބުނެފައި ވަނީ މިފަދަ ކަންކަން ތަކުރާރުވެ ދިޔަ ނުދިނުމަށް ޓަކައި މިމައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

Ads by Ooredoo
  1. ޖނޖޖ

    ރާއްޖޭގަ ވެސް އެބަ އުޅޭ ތީގެ ބައިވަރު މީހުން