ލުއި ޚަބަރު

މަރުވެފައި އޮންނަތާ ފަސް އަހަރު ވީ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަރުވެފައި އޮންނަތާ ފަސް އަހަރުވީ މީހެއްގެ ހަށިގަނޑު ސްޕެއިންގެ ރަށަކުން ހޯދައިފިއެވެ

Ads by Hajj Corporation

އުމުރުން 55 އަހަރުގެ ބަރނެޓް މަސްކުއިޑާ ބާސެލޯ އަކީ އެކަނި ދިރިއުޅުނު މީހެކެވެ. އަދި ބާސެލޯ ގެއްލިގެން އަވައްޓެރިން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޭނާ ނުފެންނަ ތާ ގިނަ ދުވަސްތަކެއް ވުމުންނެވެ. އެގޮތުން މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ބާސެލޯ ދިރިއުޅުނު ގެއަށް ގޮސްފައި ވަނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާ ދިރިއުޅޭ ގެއަށް ގޮސް އެތެރެއިން ދޮރު ނުހުޅުވުމުން ފުލުހުން ވަނީ އަވައްޓެރިއެއްގެ އަތުގައި އޮތް އެ ގޭގެ ދެވަނަ ތަޅުދަނޑި ބޭނުން ކޮށްގެން ދޮރު ހުޅުވާފައެވެ.

ބާސެލޯގެ ހަށިގަނޑު ފެނުމުގެ ކުރިންވެސް ގޭތެރެ އިން ވަރަށް ނުބައި ކުނި ވަހެއް ދުވި ކަމަށް ފުލުހުންނާ ހަވާލާދީ ބޭރުގެ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ. ބާސެލޯގެ ހަށިގަނޑު ސޯފާގެ މަތީގައި އޮއްވާ ފެނުނުއިރު ގައިމަތީގައި ރަޖައެއް ވެސް އޮތެވެ.

ފޮރެންސިކް ޓީމް ތަކުން ބާސެލޯ މަރުވި ދުވަހާ ވަގުތު ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ބާސެލޯ މަރުވެފައި އޮންނަތާ ފަސް އަހަރު ވެއްޖެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ބާސެލޯގެ އަވަށްޓެރިން ވަނީ އޭނާ މަރުވެފައި އޮންނަތާ އެހާ ދުވަސްވީއިރު ވެސް ނޭނގުމުން އެ ކަމާ ހިތާމަ ކޮށްފައެވެ.

Ads by Ooredoo
  1. ނަރެލް

    ފަސް އަހަރުވީއިރުވެސް ކުނިވަސް ނުފިލާ