ޚަބަރު

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހާ ހަމަޔަށް ރާއްޖެއައި 34955 ފަތުރުވެރިންނާ އެކު މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ވަނީ 905817 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 92،103 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެެ. އަދި ފެބްރުއަރީ މަހު 96،882 ފަތުރުވެރިން، މާރޗް މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

އޭޕްރީލް މަހު އައިސްފައި ވަނީ 91،200 ފަތުރުވެރިންނެވެ. މެއި މަހު 64،613 ފަތުރުވެރިން އައިސްފައިވާއިރު ޖޫން މަހު  56،166 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. މީގެ އިތުރުން ޖުލައި މަހު 101،818 ފަތުރުވެރިން، އޮގަސްޓް މަހު 143،599 ފަތުރުވެރިން އަދި ސެޕްޓެމްބަރ މަހު 114،896 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!