ޚަބަރު

ނަޝީދު މާލެ ވަޑައިގަންނަވަނީ ތިން ދުވަހަށް، މަރުހަބާ ދަންނަވަން ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގަންނަވާ

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވާނީ ރައީސް ޞާލިޙްކަމަށް ހާމަ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މެންދުރު 2:50ގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހް އެއާޕޯޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ގިނަ މެމްބަރުން ދަނީ ގިނަ ދުވަސްތަކަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާތީ އެކަމުގެ އުފާ ފަޅުކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ ތިން ދުވަހަށެވެ.

އެމަނިކުފާނަށް އަމާޒުކޮށް މެއި މަހު ދިން ހަމަލާއަށް ފަހު، ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާތާ މިހާރު 5 މަސް ވަނީ ވެފައެވެ.

އެމަނިކުފާނު މިހާރު ހުންނެވީ ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯއަށް ވަޑައިގެން އެކުވެރި އަރަބި އިމާރާތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!