11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ، މީހަކު އަދި ހައްޔަރެއް ނުކުރޭ
އުތުރުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ނ.ރބ.ޅ ހިމެނޭ ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު، 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް 12 ވަނަ ދުވަހު ހުށަހަޅައިފައިވާ ކަމަށެވެ.
މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި މައްސަލަ ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަން ހިނގި ރަށުން "ދެން"އަށް މައުލޫމާތު ދިން ފަރާތަކުން ވިދާޅުވީ، މިކަން ހިނގައިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ޖިންސީ ގޯނާ ލިބިފައި ވަނީ އާއިލާގެ މީހެއްގެ ފަރާތުން ކަމަށެވެ.
Ads by Allied Insurance