ޚަބަރު

ރާއްޖޭގެ އަމާންކަން ގެއްލިގެން ދިޔައީ ޤިޞާޞް ހިފުމަށް ވެރިން ފަސްޖެހުމާ ގުޅިގެން: އުމަރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ރަށްތަކުގައި އަމާންކަން ގެއްލިގެން ގޮސްފައި ވަނީ މަރަށް މަރު ހިފުމަށް ވެރިން ފަސްޖެހުމާ ގުޅިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އުމަރު މިހެން ވިދާޅުވީ، ވަރަށް އިހާނެތިކޮށް މަރައިލުމަށް ފަހު ވަޅެއްގެ ތެރެއަށް އެއްލައިލައިފައި އޮއްވާ އިއްޔެ ދަގެނތިން ފެނުނު މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އުމަރު ވިދާޅުވީ، ރާއްޖޭގެ އަމާންކަން ގެއްލުމަށް މެދުވެރިވީ ޖުމްލަ ދެ ސަބަބަކާ ހެދި ކަމަށާއި އެއީ، ޤިޞާޞް ހިފަން ފަސް ޖެހުމާއި، މަސްތުވާތަކެތި ހުއްޓުވުމަށް ފަސްޖެހުން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި މި ދެ ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައި މި ވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާ، މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހިގެންނެވެ. އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަމެވެ." އުމަރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އުމަރު ނަސީރު ދިޔައީ މަރަށް މަރު ހިފުމަށް ގޮވައިލާ، އެކަން ތަންފީޒް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހަރުކަށި އަދަބުދީ، ގޭންގުތަކުގެ ގިނަ ހަރަކާތްތައް އުމަރުގެ ބެލުމުގެ ދަށުން ވަނީ ހުއްޓުވައިފައެވެ.

ޤިޞާޞް ހިފުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ހައްދެކެވެ.

Ads by Allied Insurance
  1. ތެދުފުޅު ބަހެއް އުމަރު ބުންޔަސް ތިބުނީ