ޚަބަރު ސިޔާސީ

އެއާޕޯޓު ޖީއެމްއާރާ ހަވާލުކުރީ އިގްތިޞާދު ދެގުނަ ކުރުމުގެ ނިޔަތުގައި: ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރުމުގެ ނިޔަތުގައިކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ދިނީ 2010ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުގައެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅުގައި އޮތް ފަރާތްތަކުން ވަނީ މާލޭގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. އެއާޕޯޓު މައްސަލަ ވެސް ހިމެނޭހެން ގިނަ ކަންތައްތަކާ ގުޅިގެން އޭރު ކުރި މުޒާހަރާތަކުގައި ނަޝީދުގެ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުއެވެ.

އެއާޕޯޓު ޖީއެމްއާރަށް ދިން މައްސަލައިގައި މީގެ ކުރިން ވެސް ނަޝީދު ވަނީ އެކަން ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެ ވާހަކަތައް ތަކުރާރު ކުރައްވަމުން މިއަދު ނަޝީދު ވިދާޅުވީ ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް 2010ވަނަ އަހަރު ވޯލްޑް ބޭންކުގެ އެހީގައި ޓެންޑާކޮށް ކާމިޔާބު ކުރި ޖީއެމްއާރާއި ހަވާލުކުރެވުނީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރުމުގެ ނިޔަތުގައިކަމަށެވެ.

"އޭރު ވެސް މިހާރު ވެސް މާހިރުން ބުނަމުން ދިޔައީ ބޭނުން ވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށް ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ޖީއެމްއާރަށް އެއާޕޯޓު ދިން މައްސަލައިގައި ނަޝީދު ވާހަކަފުޅު ދައްކަވައިފައި މި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެ ފަދަ މޭރުމަކުން އިއްޔެ ވާހަކަ ދައްކަވައިފައި ވަނިކޮށެވެ. އެގޮތުން އަމީރު ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއަށް ފައިނޭންސް ކުރަން ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓު ތަރައްގީކުރަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމުން ދައުލަތުގެ ދަރަނި އިތުރުވިކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެއާޕޯޓު ތަރައްގީއަށް ލޯނު ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ނުލިބުނު ކަމަށެވެ. ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދާއިރު ވެސް ނުނިމި އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖީއެމްއާރުން އެއާޕޯޓު ތަރައްގީކުރަން ދޫކޮށްލި ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސްކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެއަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށް ވެސް ވިދާޅުވިއެވެ. މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތު ކަމަށާއި އެއާޕޯޓު އަތުނުލައި އޮތްނަމަ 2020ވަނަ އަހަރާއި ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގްތިސޯދުގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިގްތިސޯދަކާ އެކު ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ވިސްނާ

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީ އެމް އާރ އަށް ދިނީ ގ.ކެނެރީގެ ނަޝީދް 78 މިލިއަން ޑޮލަރ ބޭނުންވެގެން

  2. ބޮޑުވަޒީރު

    މީޑިއާތަކުންް ފެންނަގޮތުގަަ އަޑުއިވޭގޮތުގަަ ޤައުމަށްް ލިބޭޢާއްމުދަނީީ ދެގުނައަށްް ފަތްފަތްކުރަންތޯޯ ރާއްޖޭގެހުރިހާާ ހަރުމުދަލަކާާ ހާހަލާާ ފަޅުފަޅާާ ގޮއިފާލައްބަަ ހިންނަތަކާާ ރަށްރަށާާ ފަރުތަކާާ ރުއްގަހާާ އެއާޕޯޓްތަކާއިި ރިސޯޓްތަކާއިި ސްކޫލްތަކާއިި އޮފީސްޢިމާރާތްތަކާއިި ހޮސްޕިޓަލްތަކާއިި މަގުތަކާއިި ޤައުމީބޭންކާއިި ރުއްގަސްތައްް ބޭރުކަރަޔަށްް ވިއްކާލާފަަ އެމީހުންއަތުންް ކުއްޔަށްް ތިނަގަނީީ އެއީީ ގަންޖާބޯކުދިންއުޅޭގޮތްް އެކުދިންބޭނުންވާނީީ އެވަގުތަށްް ފުދޭވަރުގެެ އެތިކޮޅެއްް ގަނެލަން