ޚަބަރު އިޖުތިމާޢީ

ކުއްޖާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ.ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޖެހި ރާޅަކާ އެކު ކަނޑަށް ވިއްސައިގެން ދިޔަ ދެމައިންގެ ތެރެއިން ދަރިފުޅު ހޯދުމަށް ސިފައިންގެ ކުރަމުން އަންނަ މަސައްކަތުގެ ތެރޭއިން ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by MWSC

ކުޑަކުއްޖާ ހޯދުމަށް ވައިގެ މަގުން 4512 ސްކެއާ ނޯޓިކަލް މޭލް ބަލައިފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް އަދިވެސް ކުއްޖާގެ ހިލަމެއް ވެފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ހިނގި ހިތާމަވެރި މިހާދިސާގައި ކަނޑަށް ވެއްޓުނު ނާހިދާ ކަނޑުން ފެނުމާ އެކު ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އެ މަރުކަޒަށް ގެންދިޔައިރު ވެސް ނާހިދާ ވަނީ ނިޔާވެފަައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ނާހިދާގެ ހަގު ދަރިފުޅު ގެއްލިފައިވާއިރު ގެއްލުނު ކުޑަ ކުއްޖާ ހޯދަން ސިފައިންގެ ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ކުއްޖާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި އަދި ފެކްސް ކުރައްވާ ނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފްއިން އެދިލައްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!