ޚަބަރު އިޖުތިމާޢީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ޢަލީއާބާދު، އަޙްމަދު މުޙައްމަދު (33އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު މުޙައްމަދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާ ނަމަ، އެ މައުލޫމާތެއް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo
  1. ނަމަނަމަ

    ބަލަގަ ތިމަރަފުށި އަޙްމަދު މުޙައްމަދު ކުރި ވައްކަމަށް ވުރެބާޑު ވައްކަމެއް ކޮށްގެން އެއުޅެނީ ތިމަރަފުށީ ޝަރީފު ޢާއްމު ނަމުންނަމަ އީސީ ޝަރީފު މިބުނާ ޝަރީފު ވައްކަން ކުރީ ދިވެހި ވަރަށް ގިނަ ރައްޔިތުންގެ އަތުން އެރައްޔިތުނެއް ޝަރީފަކަށް މާފެއް ނުކުރާނެ އެހެންވީމާ އިންސާފުވެރިކަމާއެކު އެކަން ބަލައިދޭންޖެހޭނެ މާތްﷲގެ އިރާދަފުޅުން އީސީ ޝަރީފު އެކުރިވައްކަމުގެ އިންސާފުވެރި ޙައްޤު ޢަޛާބު ކުރިމަތިކުރައްވާށި އާމީން