ޚަބަރު އިޖުތިމާޢީ

ކުށް މަދު އަމާން މާހައުލެއް ބިނާ ކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ދެއްވަދޫގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް ލައިފް

ކުށް ކުރުން މަދުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހާއްސަ ޕްރޮގްރާމެއް ގއ. ދެއްވަދޫގައި ކުރިއަށް ގެންގޮސްފިއެވެ.

Ads by MWSC

ދެއްވަދޫގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ 'މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު' ގެ ނަމުގައި ދެއްވަދޫ ޕޮލިސް ސްޓޭޝަނާއި ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި މާމެންދޫ ޕޮލިސް ސްޓޭޝަން އަދި ގެމަނަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ދެއްވަދޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް ފުލުހުން ބުނެއެވެ.

މިޕްރޮގްރާމްގައި ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި ހިނގަމުންދާ ކުށްތަކާއި އެ ކުށްތަކުން ސަލަމާތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ރައްކާތެރިވުމަށް ދެއްވަދޫގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.އަދި ހަމައެހެންމެ ކުށެއް ހިނގައިފި ނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އެރަށުގެ ރައްޔިތުންނަށް އިރުޝާދުދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކުށްކުރުން މަދު ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އަތޮޅު ތެރޭގައި ދޭތެރެދޭތެރެއިން ފުލުހުން ކުރިއަށް ގެންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!