ޚަބަރު އިޖުތިމާޢީ

ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ ޢަދަދު 352،627އަށް އަރައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް މާލޭގައި ކިއު ހަދައިގެން.. ދެން އިމޭޖްސް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު352،627އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 393،813އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 25 މީހުން ޖަހައިފައި ވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 393 މީހުން ފުރިހަމަކޮށްފައިވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު، އެ ވެކްސިން އާންމުކޮށް މިހާރު ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!