ދީން

ޙަޤީޤީ ވާހަކަ: އައުރަ ނިވާކުރުމަށް އިންކާރުކޮށް ، ނަމާދު އަޅަމުންދިޔަ އަންހެނަކު މަރުވުމުން ދިމާވި ބިރުވެރި ޙާލަތު

ދެން އެމްވީ ، ދެން އޮންލައިން

ކަށްވަޅުގެ ޢަޒާބަކީ ޙައްޤު ތެދެކެވެ. މީހާ މަރުވުމުން އެމީހާ ވަޅުލިޔަސް ނުވަތަ އަންދާލިޔަސް ހަމައެހެންމެ ކަނޑުފެއްތި ނަމަވެސް ، ބަރުޒަޚްގެ ޢާލަމް އެމީހަކަށް ފެށުނީއެވެ. ދުނިޔެއާއި އާޚިރަތާ ދެމެދު ހޭދަ ކުރާ މި ޙާލަތުގައި މީހާއަށް ސަލާމަތްކޮށް އޮތީ ތިމާގެ ޙަޔާތް ހެޔޮ ގޮތުގައި ހޭދަކޮށްގެންނެވެ. ނަމާދަށް ރައްކާތެރިވެ ވެގެންނެވެ.

Ads by Sosun Fihaara

މިއީ ނަމާދު ނުކޮށް އުޅުނު މީހެއް މަރުވެ އޭނާ ހިނެވި އަންހެނަކަށް ދިމާވި ކަންތައްތަކެއްގެ ވާހަކައެކެވެ. މަޝްހޫރު މި ވާހަކަ ޝައިޚް އިލްޔާސް ޙުސައިންގެ ދަރުހެއްގައި ވަނީ ގެނެސްދީފައެވެ.

''ޢަރަބި އަންހެނަކު ކިޔައިދީފައިވެއެވެ.

އަވަށްޓެރި ޒުވާން ކުއްޖަކު ނިޔާވުމުން އޭނާ ހިނަވައިދިނުމަށް ޒުވާނާގެ މައިންބަފައިން އަހަރެންގެ ގާތުގައި އެދުނެވެ. އެމީހުންގެ ދަޢުވަތަށް އެގެއަށް ދިޔުމުން މައްޔިތާ އޮތް ކޮޓަރިއަށް އަހަރެން ވައްދައިފައި ބޭރުން ތަޅުލައިފިއެވެ. އޭރު މައްޔިތާގެ ގައިމަތީގައި ފޮތިގަނޑެއް އަޅައިފައި އޮތެވެ. އަހަރެން އެ ގޭގެ މީހުންނަށް ގޮވައިފައި ދޮރު ހުޅުވުމަށް އެދުނެވެ. އަދި ދޮރު ލައްޕައި ތަޅުލީ ކީއްވެތޯ އެހީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

މައްޔިތާ ހިނެވުމަށް ނިންމައި އޭނާގެ ގައިމަތީގައި އޮތް ފޮތިގަނޑު ނަގައިފީމެވެ. އެހިނދު މައްޔިތާ އޮތް ޙާލު ފެނި އަހަރެން ގެ ލޮލުން ތަރި ބުރައިގެން ދިޔަ ފަދައެވެ. މައްޔިތާ އޮތީ ކަޅު ދެލިބުރިއެއް ފަދައިންނެވެ. އަދި އަހަންނަށް ރޮވި އެތަނަށް ވެއްޓިއްޖެއެވެ. އަނެއްކާ ވެސް ދޮރު ހުޅުވައިދިނުމަށް އަހަރެން އާދޭސް ކުރަމުން ގެންދިޔައިމެވެ. ނަމަވެސް ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ތެދުވެ ﷲއަށް ޙަމްދާ ޝުކުރުކޮށް އެ އިލާހުގެ ޙަޟްރަތުން މަދަދަށް އެދި ދެންނެވީމެވެ. އަދި އެތަނުން ނިކުންނާނީ މައްޔިތާ ހިނެވުމަށް ފަހު ކަމަށް ނިޔަތް ގަތީމެވެ.

މައްޔިތާ ހިނަވަން ފެށުމާ އެކު އޭނާގެ ގުނަވަންތައް އަހަރެންގެ އަތްމައްޗަށް ވެއްޓެމުން ދިޔައެވެ. އެހިނދު އަނެއްކާ ވެސް ބިރުވެރިކަން އިތުރުވިއެވެ. ނަމަވެސް ލޯމަރައިން ހުރެ ޝަހާދަތް ކިޔަމުން ﷲއަށް ދުޢާ ދަންނަވަމުން މައްޔިތާ ހިނަވާ ނިންމީމެވެ. އަދި ގޭގެ މީހުންނަށް ގޮވައިލައިފައި ބުނީމެވެ. ހިނަވާ ކަފުންކޮށްފީމެވެ. ދޮރު ހުޅުވައި ދޭށެވެ. ހެޔޮ ނުވާނެއެވެ. ދޮރު ހުޅުވައިދޭށެވެ.

ދޮރު ހުޅުވައި ދިނުމުން އެގޭގައި މަޑުނުކޮށް އަހަރެން ބާރު ބާރަށް ނިކުމެގެން ގެއަށް ދިޔައިމެވެ. އަދި ފެނިގެން ދިޔަ މަންޒަރުން ހިތަށް ވެރިވި ބިރުވެރިކަމާ އެކު ގެއިން ނުނިކުމެ ގޭގައި އޮތީމެވެ. އެގޮތުގައި ތިން ދުވަސްވުމުން ކެތް ނުކުރެވިގެން ޝައިޚަކަށް ގުޅައިފީމެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނުމުން ފިކުރު ނުކުރުމަށާއި މާޔޫސް ނުވުމަށް އެދި ، ޙާދިޘާ ދިމާވުމުގައި ކޮންމެ ވެސް ސަބަބެއް އޮންނާނެ ކަމަށް ވިދާޅުވެ އެގެއަށް ގޮސް މައްޔިތާގެ މައިންބަފައިން ގާތުގައި ސުވާލު ކުރުމަށް ވިދާޅުވިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އެ ގެއަށް ގޮސް އެގޭގެ އަހުލުވެރީން ގާތުގައި ބުނީމެވެ. އަހަރެންގެ އޮތީ ދެ ސުވާލެކެވެ. މި ދެ ސުވާލަށް ޖަވާބު ދޭށެވެ. ފުރަތަމަ ސުވާލަކީ އަހަރެން ކޮޓަރިއަށް ވަނުމުން ދޮރުލައްޕައިފައި ބޭރުން ތަޅުލީ ކީއްވެ ހެއްޔެވެ. ދެވަނަ ސުވާލަކީ ކަލޭމެންގެ މި ކުއްޖާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. އެކުއްޖާ ދުނިޔެ މަތީގައި ކުރަމުން ދިޔައީ ކޮންކަމެއް ހެއްޔެވެ.

ފުރަތަމަ ސުވާލުގެ ޖަވާބުގައި ބުންޏެވެ. ހިނަވާ ހަތް މީހުން ގެނެސްފީމެވެ. ކޮންމެ މީހަކު އައިސް ފޮތިގަނޑު ނަގާފައި ދުވެދަނީއެވެ. އެހެންވެ އަހަރެންނަށް އެކަން ނާންގައި ކޮޓަރިއަށް ވައްދައިފައި ތަޅުލުމުން އެކަން ކޮށްދޭނެ ކަމަށް ބަލާފައި އެކަން އެގޮތަށް ކުރީއެވެ.

ދެވަނަ ސުވާލުގެ ޖަވާބުގައި ބުންޏެވެ. އޭނާ މާ ގޯސްކަންތައް ކޮށެއް ނޫޅެއެވެ. ނަމަވެސް ނަމާދަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެއެވެ. އަދި އައުރަ ނިވާ ކުރުމަށް އިންކާރު ކުރިއެވެ.

އެކުވެރީންނެވެ. ނަމާދަށް ފަރުވާ ކުޑަކޮށް ދުނިޔެ މަތީގައި އުޅެ ، ނިމިދިޔުމުން އޮތީ ގެއްލުމާއި ޙަލާކެވެ. ވުމާއެކު ލިބިފައި މިވާ ކުރު ޙަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅާ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަގުގައި ހިނގާ ބުއްދިވެރީން ކަމުގައި ވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!