ޚަބަރު ސިޔާސީ

އެމްޑީޕީއަކީ ފޮނިބައިސާ ކަނޑާ ، ބިރުކުޑަ އަލީ ހެދިގެން އުޅޭ ބަޔަކު އުޅޭ ޕާޓީއެއް: މަލީޙް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުރީގެ ޔޫތު މިނިސްޓަރ މަލީހް؛ފޮޓޯ ރަައްޔިތުްންގެ މަޖިލިސް

އެމްޑީޕީއަކީ ފޮނި ބައިސާ ކަނޑާ، ބިރު ކުޑަ އަލީ ހެދިގެން އުޅޭ ބަޔަކު އުޅޭ ޕާޓީއެއްކަން ސާފުކަމަށާއި ޤައުމެއް ހިންގާނެ ގޮތް ދަސްކުރަން އެމްޑީޕީ ފަށަން ޖެހެނީ ބޭބީ ނާސަރީއިންކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކަމެއް ނުކުރެވި ރައްޔިތުންގެ ހަޔާތުން ބޭކާރުވެގެން ދިޔަ 5 އަހަރު ކަމަށެވެ.

"މިއީ ކަމެއް ނުކުރެވި ރައްޔިތުންގެ ހަޔާތުން ބޭކާރުވެގެން ދިޔަ 5 އަހަރު. ހުރިހާ ކަމެއް ދިޔައީ ފަހަތަށް. އެމްޑީޕީއަކީ ފޮނިބައިސާ ކަނޑާ ބިރު ކުޑަ އަލީ ހެދިގެން އުޅޭ ބަޔަކު އުޅޭ ޕާޓީއެއްކަން ސާފު. ޤައުމެއް ހިންގާނެ ގޮތް ދަސްކުރަން އެމްޑީޕީ ފަށަންޖެހެނީ ބޭބީ ނާސަރީއިން." މަލީހް ވިދާޅުވިއެވެ.

މި ސަރުކާރަށް 3 އަހަރު ވާން ކައިރިވެފައިވާއިރު ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

މިސަރުކާރުގެ ކުރީކޮޅުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މިނިސްޓަރުކަމުން ވަކި ކުރެއްވުމުން އިދިކޮޅާ ގުޅި ވަޑައިގެން މަލީޙް ގެންދަވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ.

Ads by HDC
  1. މޮހޮނދޭ

    ރަނގަޅު ވާހަކައެއް. އެހެން އެވީ ތިޔަކަހަލަ މަރުމޯލުން ނަށް ވަޒީރުކަން ދެވުނީމަ!!!!

  2. ކޮހާ

    ޥަޒީފާ ގެއްލުނު ހިސާބުން މީނަ އަށް ގޮވެނީ ކޮސް

  3. އެޗް ކޭ

    މަލީހުމެންހެދެފިނިފެންމާޕާޓީންމިގައޮމައްލިބުނީކޮންއެއްޗެއްހެއްޔެވެއެމްޑީޕީންމިގައުމުގެރައްޕޔިތުންނައްއާސަންދަދަތުރުފަތުއެކަނިވެރިމައިންނައްފައިސާމުސްކުޅިންނައްފައިސާފުލެޓްދޮންބެފުލެޓުމިހެންލިސްޓްލިކޮޅަކުންނުލާނެމަލީހުއޮޅުއަލަހައްދާފައެއަލަކޮޅުވަތަކުތޯޖަމީލުކަހަލަދެބޯގެރިމީހުންކާލެވޭތޯބެލީއާމާރަގުވާނެ މިސްޓަރ ދެންލަލަލާއޮޅުކޮނޭ

  4. އިއްބެ

    ތިންއަހަރު މިނިސްޓަރަކަށްހުރެ މަލީހު ކުރީކޮންކަމެއް

  5. ޢެ ކަނބާ

    ރައްޔިތުންގެ ހަޔާތުން ބޭކާރު ވާ 5 އަހަރެއްނޫންމީ ޑަބަލް ޓޭޕް މަލީހް… މީ މަލީހު މެންފަދަ ކޮރަޕްޓް ﷲ ތައާލާދެކެ ބިރު ނުގަންނަ ޖާހިލު ވެރިންގެ ޖީބު ތަކަށް ރައްޔިތުމީހާގެ ފައިސާ ތައް ފުނި ފުންޏަށް ގޯނި ގޯނީގައި ނުވަންނަ 5 އަހަރު.. ލަދު ހަޔާތްވެސް ހަމަ ނެތީ ކަލޯ ވިސްނާލަބަލަ ރަން ފާހާނާ ތަށިމަތީ އިދެ.. މީ ދޮގެއްތޯ…..