ޚަބަރު

ޝާހިދު މިނިސްޓަރކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރު ކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ދާނެ ކަަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެއަކީ މިނިވަން މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. އަދި މި ގައުމުގެ ފޮރިން މިނިސްޓަރު އދ.ގައި ހުރެގެން މި ގައުމު ހިންގާނީ ކިހިނެއްތޯ ޖާބިރު ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެގޮތަށް ކަންތައްތައް ވާނަމަ މަޖިލީހުގެ މެމްބަރުން ކުށްވެރިވާނެ ކަމަށެވެ. އަދި “މިކަމާ މަޖިލިސް މެމްބަރުންނަށް ދައުވާ އަންނާނެ. އަޅުގަނޑު މިދަނީ ސުޕްރީމް ކޯޓަށް” ކަމަށް ޖާބިރު ވިދާޅުވިއެެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫން މަހުގެ 7ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!