ޚަބަރު ސަރުކާރު

ދައުލަތުގެ ފައިސާއިން ކުރާ ކޮންމެ ކަމަކީ އެންމެ ބޭނުންތެރި ގޮތަށް ކުރާ ކަމަކަށްވުމީ ރައީސް ބޭނުންފުޅުވާ ގޮތް: ނައިބު ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނައިބު ރައީސް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ ރައީސް އޮފީސް

ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ އެންމެ ބޭނުންތެރި ގޮތަށް ކުރާ ކަމަކަށްވުމީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުވައްމުލަކު މަސްޖިދުލް ހުދާ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާއިން ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން ކުރާކަންކަށް ކަމަށް ވުމަށް ރައީސް ބޭނުންފުޅުވާކަމަށެވެ.

ނައިބު ރަައީސް މިހާރު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ފުވައްމުލަކު މިސްކިތްމަގު އަވަށުގައި މަސައްކަތް ފެށި މަސްޖިދުލް ހުދާ އަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ނައިބު ރައީސްްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވާ، އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާވެސް  އަޅުއްވައިދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލަށްވެސް ވަޑައިގަންނަވާފައެވެ.

އަދިހަމައެހެންމެ އެމަނިކުފާނު މިއަދުވަނީ ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަޤުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

Ads by Allied Insurance
  1. އާނއާނ ހޮޓަލް ޖެމްގައި ލާދީނީ ބަހައްޓައިގެން ރައްޔިތުންގެ ފައިސާތައް ތަޅައި އެބުރުއްސަނީ ރައްޔިތުން އެންމެއެދޭގޮތަށް އަދި ކޮރެޕްޝަނަށް މަގުފަހިވާގޮތަށް ސާބަހޭ ނައިބު ފައިސޫ

  2. ރައްޔިތުންބޭނުންވަނީީ ދައުލަތުގެެ ޚަރަދުތައްް ކުޑަކޮށްފަަ އާއްމުރައްޔިތުންނަށްް ފައިދާވާނެކަންކަމަށްް އެފައިސާތައްް ޚަރަދުކުރަންް މިކުޑަކުޑަަ ރާއްޖޭގަަ ސަރުކާރުންގެންގުޅޭޭ ކިތައްކާރު ކިތައްް ވޭންް ކިތައްޖިޕްް މީކޮންހާބޭކާރުު ހޭދައެއްތޯަ ސަރުކާރުންް ކޮންޓްރޯލްކުރާވަޒީފާތަކުގެެ ތެރެއިންް ބޮޑަތިި މުސާރަދޭމަގާމުތަކުގަަ އިސްވެރިންގެގޮތުގަަ ކިތައްބިދޭސީންް އޮބަތިބިތޯޯ އަދިި ބޭކާރުމަގާމުތަކުގަަ ކިތައްް އެކްޓިވިސްޓުންް އުޅޭތޯޯ ބޭކާރުދަތުރުތަކާާ މަޖާކުރުމަށްް ކިހާބޮޑުހޭދައެއްތޯޯ