ޚަބަރު

މަލީޙް ސަރުކާރަށް: ފާއިތުވި 3 އަހަރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވުނީ ކޮންކަމެއްތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވި 3 އަހަރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި ސަރުކާރަށް ކޮށްދެވުނީ ކޮންކަމެއްތޯ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

މަލީޙް ވިދާޅުވީ މިސަރުކާރަށް 3 އަހަރު ފުރޭ އިރު މާލޭގައި އެންމެ ގާކޮޅެ އްވެސް ނުބޭއްވޭ ކަމަށެވެ. “ފާއިތުވި 3 އަހަރު މާލޭ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކުރެވުނީ ކޮންކަމެއްތޯ؟”މަލީޙް ސުވާލުކުރެއްވިއެވެ. އަދި މާލޭގައި އަޅަން ޑިޒައިންކުރި މަލްޓިސްޓޯރީ ޕާރކިންގެ ކުރެހުންތައް ވަނީ ހައުސިން މިނިސްޓްރީގެ ގުދަނުގައި ތާށިވެފައި ކަމަށް ވެސް މަލީޙް ވިދާޅުވިއެެވެ.

މީގެ އިތުރުން މި ސަރުކާރަށް އަމާޒުކޮށް މަލީޙް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިސަރުކާރު ފެއިލްވީ އެމްޑީޕީ އާންމު މެމްބަރުން ލަދުގަންނަ މިންވަރަށް ކަމަށެވެ. އަދި އެކަމުގެ ޒިންމާ ރައީސް ނަޝީދާއި އެމްޑީޕީން ނަގަންޖެހޭ ކަމަށް ވެސް މަލީހް ވިދާޅުވިއެވެެ. އަދި 2018ގެ ރިޔާސީ ކެނޑިޑޭޓެއް ނެގުމުގައި އެމްޑީޕީއިން ބެލި މިންގަނޑަކީ މީހާގެ ނާޤާބިލުކަން ކަމަށް މަލީހް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބޮޑުވަޒީރު

    މިހާރުކުނިނަގަންް ނުދިޔަސްް މީހަކުނޫޅުނަސްް ކުނިބިލްް ބަރާބަރަށްް ދައްކަންޖެހޭނެެ ކުނިނުނަގާތާާ ކިތަންމެޒަނާނެއްވިޔަސްް ބަރާބަރަށްް ޖޫރިމަނާޔާއެކީީ ދައްކަންް މަޖުބޫރުު މީނޫންތޯޯ ރައްޔިއެދޭޭ ހެޔޮވެރިކަމެއްގެެ ސިފަޔަކީީ މިހާރުު ދިރިއުޅޭގޭގޭގެެ އެގްރީމަންޓްތައްވެސްް ރަޖިސްކުރަންޖެހޭނެެ އޭގަަ ކުޔައްހިފާފަރާތުންް އެޑްވާންސްގެެ ގޮތުގަބަހައްޓާާ ފައިސާލިބުނަސްނުލިބުނަސްހެޔޮޮ ހަމަަ އެގޮތައްް ކުއްޔައްދޭތަނަށްް ކިތައްމެެ ބޮޑުގެއްލުމެއްވިޔަސްް ނުވިޔަސްް ކައުންސިލަކާބެހޭވެސްް ކަމެއްނޫންް މީނޫންތޯޯ ރައްޔިތުންް އުފާކުރާނެެ ކަންތަކަކީީ