ޚަބަރު

ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ 63 އަހަރުގެ އަންހެނެއް، މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ ސްކޫލެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ހައްޔަރުކޮށްފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ވަނީ އެ ސްކޫލުގެ މަސައްކަތު މީހެއްގެ ފަރާތުންނެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ، މައްސަލައިގައި މީހަކު ހައްޔަރު ނުކުރާތީ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން، ދަރިވަރުން ފާޚާނާއަށް ފޮނުވުމުގައި، ހަވާލު ކުރާ ފަރާތް އެނގޭނެ ފަދަ ގޮތަކަށް ކަންތައް ކުރުމަށް އެޑިއުކޭޝަނުން މިއަދު ސްކޫލުތަކަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވި ސްކޫލުގެ ހުރިހާ ، މަސައްކަތު މީހުން ވަނީ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށް، ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!